
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 18 ޖެނުއަރީ 2026 - 05:28
ސަރުކާރުގެ ބޯހިޔާވެހިކަން އެންމެންނަށް ސިޔާސަތުގެ އާއިލީ ބޯހިޔާވެހިކަން ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާޗު މަހުގެ 4، ވަނަ ދުވަހުގެ 23:59 އަށް ހަމަވާނެ ކަމަށެވެ.
ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އެޕްރީލް 17، ގެ 23:59 ގެ ނިޔަލަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ގޯތި ދޫކުރަނީ މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. އެއީ 1،250 އަކަފޫޓުގެ ބިމެވެ.
މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ
ގަޑިއިރެއް ކުރިން

އެންސްޕާއިން މިދިޔަމަހު 54 މިލިޔަން ރުފިޔާގެ އެހީ ދޫކުރި
2 ގަޑިއިރު ކުރިން

ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފި
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ބޯޓެއް ބަންޑުން ޖަހާލައިގެން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން


