logo
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައެއް ސިޔާސީ ބޭފުޅުން ރައްޔިތުންނާއި، ބައްދަލުކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައެއް ސިޔާސީ ބޭފުޅުން ރައްޔިތުންނާއި، ބައްދަލުކުރައްވަނީ

ޖޭޕީން ވާދަކުރަނީ ހަމައެކަނި މާމިގިލި ދާއިރާ އަށް އެކަނި

profile

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 14:59

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރައްވަނީ ހަމަ އެކަނި މާމިގިލީ ދާއިރާ އަށް އެކަނި ކަމަށް އެ ޕާޓީން ނިންމައިފި އެވެ.

https://wamco.com.mv/

އެޕާޓީން މި ނިންމުން މިއަދު ނިންމާފައި ވަނީ މި އަދު އެޕާޓީގެ މައި އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މިއަދު ވަނީ މާމިގިލީ ދާއިރާ ނުހިމެނޭހެން އެހެން ހުރިހައި ދާއިރާއަކަށްވެސް ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމާފަ އެވެ.

ޖުމްހޫރީ ޕާޓީން މި ނިންމުން މިއަދު ނިންމާފައިވާއިރު ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ އެހެން ސިޔާސީ ޕާޓީ ތަކުން މި އިންތިހާބުގައި ވާދަކުރަން ނިންމައި އެކަން ވަނީ އިއުލާނުވެސް ކޮށްފަ އެވެ.

ފޯރިގަދަ ކެމްޕެއިންނާއެކު ޕީއެންސީގެ ކެންޑިޑޭޓުން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިންވެސް ވަނީ އިންތިހާބުގައި ވާދަކުރާކަން އިއުލާނުކޮށް ކެމްޕެއިން ފަށާފަ އެވެ.

މި ފަހަރުގެ އިންތިހާބުގައި އެންމެ ފޯރިގަދަ ވެގެންދާނެ ކަމަށް ބެލެވެނީ ސިޓީ ކައުންސިލް ތަކުގެ މޭޔަރުން ހޮވުމުގެ ކެމްއިން ހަރަކާތްތަކެވެ.

އިންތިހާބަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭކަމަށެވެ.

ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުން އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބުކުރެވިގެންދާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި ކައުންސިލް އިންތިޚާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މިފަހަރުގެ އިންތިޚާބުގައި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ 2 ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay