
ހެލްތް ސްކްރީނިންގެ މަސައްކަތުގައި މީހެއްގެ ގައިން ލޭ ނެގުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފ. އަތޮޅު ހޮސްޕިޓަލް
ބަލިތައް އިތުރުވަނީ! ސަމާލުވޭ!

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 16:57
މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ ހުމާއި، ނެވާލާ ނިޒާމުގެ ބަލިތައް ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭގެ ރިޕޯޓްތައް ދައްކާ ގޮތުން މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ޑެންގީ ހުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާކަމަށެވެ.
އަރިދަފުސް ރޯގާ އިން ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންތައްތައް
• މީހުން އެއްވެ އުޅޭ ތަންތަނަށް ނުކުމެ އުޅޭއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާގޮތަށް މާސްކުއެޅުން
• ސައިބޯނި ލައިގެން އަތް ދޮވުން، ނުވަތަ ސެނިޓައިޒަރ ބޭނުންކުރުން
• ބަލިމީހުންނާއި ކުޑަކުދިން ގާތަށް ނުދިއުން
• ރޯގާގެ އަލާމަތްތައް ރަނގަޅުވަންދެން ސްކޫލް / ވަޒީފާއަށް އަދި މީހުން އެއްވާ ތަންތަނަށް ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ ނުދިއުން
ޑެންގީން ރައްކާތެރިވުމަށް އެންމެ މުހިންމުކަމަކީ މަދިރި އުފެދި އާލާވާގޮތަށް ފެންހަރުލާފައި ހުންނަ ތަންތަން ނައްތާލުމާއި ގައިގައި މަދިރި ނުހަފާނެހެން މަދިރި ލޯޝަން ލައިގެން އުޅުންކަމަށް ސިއްހީ ވުޒާރާއިން އިރުޝާދު ދެއްވަ އެވެ.






