logo
އީރާންގެ ސްޕެޝަލް ފޯސް ފުލުހުން ހަތިޔާރާއެކު މުޒާހަރާގެ ތެރެއިން : ފޮޓޯ ރޮއިޓާރސް

އީރާންގެ ސްޕެޝަލް ފޯސް ފުލުހުން ހަތިޔާރާއެކު މުޒާހަރާގެ ތެރެއިން : ފޮޓޯ ރޮއިޓާރސް

އީރާންގެ މުޒާހަރާ: މަރުވި މީހުންގެ އަދަދަު 5000 އަށް އަރައިފި

profile

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 14:17

އީރާންގެ ސަރުކާރާ ދެކޮޅަށް ޢާންމުން ނުކުމެ ކުރަމުންދާ މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ 5000 އަށްވުރެ ގިނަ މީހުން މަރާލައިފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

https://wamco.com.mv/

އީރާނުގައި މުޒާހަރާ ކުރަމުން ދަނީ އެގައުމުގެ ރައްޔިތުން ނުކުމެ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ތަކެތީގެ އަގު ބޮޑުވެ އަތްނުފޯރާ ފަށަށް ގޮސްފައިވާ ކަމަށް ބުނެ ރައްޔިތުންނާއި ސަރުކާރާއި ދެމެދު އޮތް ހަމަނުޖެހުން ހައްލު ކުރަން މަސައްކަތް ކުރަން ގޮވާލާ ކަމަށެވެ.

ރޮއިޓަރސް ނޫހުގައި ވާގޮތުން، މުޒާހަރާތަކުގައި މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 500 އެއްހާ މީހުން ވެސް ހިމެނެ އެވެ.

ރޮއިޓާސް އާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މި ހަމަނުޖެހުންތަކަކީ ގަސްތުގައި ބަޔަކު އަޑިގައި ތިބެ ރާވައިގެން ހިންގާ ޖަރީމާ ތަކެކެވެ. މި ހަމަޖުނެހުން ތަކުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ، ކުރުދީންގެ ބޮޑު އާބާދީއެއް ދިރިއުޅޭ އީރާންގެ ހުޅަނގުދެކުނު ސަރަޙައްދުތަކުގައެވެ.

އީރާންގެ ސަރުކާރާ ދެކޮޅަށް ޢާންމުން ނުކުމެ ކުރަމުންދާ މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، އެތައް ބަޔަކު ވަނީ މަރުވެފައެވެ. އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން މަރަމުންދާކަމަށް ތުހުމަތުކޮށް، އެ މީހުންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް ޙަމަލާދޭނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.

އީރާންގައި ކުރަމުންދާ މުޒާހަރާތަކަކީ އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ހަމަނުޖެހުމަށް މަގުފަހިކުރެއްވުމުގެ ސަބަބުން ކުރަމުންދާ މުޒާހަރާތަކެއް ކަމަށާއި، މުޒާހަރާގެ ފަހަތުގައިވާ މުޖުރިމަކީ ޓްރަމްޕް ކަމަށް އީރާންގެ ރޫޙީ ވެރިޔާ، އާޔަތުالله ޚާމަނާއީ ވަނީ ތުހުމަތު ކުރައްވައިފައެވެ.

މުޒާހަރާތަކުގައި 24،000އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ބައިނަލްއަޤުވާމީ މަދަނީ ޖަމާޢަތަކުން ވަނީ ބުނެފައެވެ.

ސަޢުދީ ޢަރަބިއްޔާއިން ދަނީ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ މަޝްވަރާތައްކޮށް، އީރާނަށް އެމެރިކާއިން ޙަމަލާދިނުން ހުއްޓުވޭނެ މަގެއް ހޯދަމުންނެވެ. ޤަތަރާއި އޮމާނުން ވެސް ދަނީ އެމެރިކާގެ އިތުރުން އީރާންގެ ސަރުކާރާ އެކު މަޝްވަރާކޮށް، މަސްރަޙް ފިނިކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާ އިސްވެ އޮވެ އީރާންގެ މި މައްސަލަ ހައްލުކުރުމަށްވުރެ ބޮޑަށް ހައްލު ނުކޮށް މަސްރަހު އިތުރަށް ގޯސްކުރަން މަސައްކަތްކުރެ އެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިންނަށް އެމެރިކާއިން ގޮވާލާފައި ވަނީ އީރާނުގެ ދައުލަތުގެ އިދާރާތަކަށް ވަދެގަނެ ހަމަނުޖެހުން އުފެއްދުމަށެވެ. އަދި އެމެރިކާއިން އެހީތެރިވުމަށް އައުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެމެރިކާއިން އީރާނަށް ޙަމަލާދީފިނަމަ، މުޅި ސަރަޙައްދު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލޭނެކަމުގެ ބިރު އެބައޮތެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay