
ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް

މުޙައްމަދު ފަޟްލޫން - 19 ޖެނުއަރީ 2026 - 14:16
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެޕާޓީއިން ހަމަޖައްސައިފިއެވެ،
އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ގަލޮޅު އުުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙީމް ހަމަޖައްސާފައިވާއިރު، ޑެޕިއުޓީ މެނޭޖަރުންނަށް ހުޅުމާލެ ދާއިރާ ކުރީގެ މެންބަރު ޢަލީ ނިޔާޒުއާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް ޢަބުދުﷲ އައްޔަނުކޮށްފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ތަރުޖަމާނަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ދިއްދޫ ދާއިރާގެ ރައީސް އަބުދުއްﷲ ވަހީދުގެ އިތުރުން ތަރުޖަމާނުގެ ނައިބަކަށް ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ޙަސަން އެމްޑީޕީ އިން މިއަދު ވަނީ އައްޔަންކޮށްފައެވެ.
އެމްޑީޕީގެ ފަރާތުން މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް މި ހިނގާ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ވަނީ ޕްރައިމަރީއެއް ބާއްވާފައެވެ.
މި މަހުގެ 16 ވީ ހުކުރު ދުވަހު މެންދުރު ފަހު 14:30 އިން ފެށިގެން ރޭގަނޑު 20:00 އާއި ހަމައަށް ކުރިއަށް ދިޔަ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވަނީ ޖެނުއަރީ 17 ވަނަ ދުވަހު ހެނދުނުއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރާއި އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން ތިނަދޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ މޭޔަރުންވަނީ ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓް ކަށަވަރު ކުރައްވައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައެވެ.
އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރެއެވެ.
ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 294،937 މީހުންނަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް މުއިއްޒު ސްޕެއިންގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެ
9 ގަޑިއިރު ކުރިން

އިންޑޮނޭޝިއާގެ ރައީސްއަށް ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
9 ގަޑިއިރު ކުރިން

ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ސައުދީއަށް
11 ގަޑިއިރު ކުރިން

“ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” ޓްރެއިނިންގ އައްސޭރި ޖަލުގައި ފަށައިފި
11 ގަޑިއިރު ކުރިން


