logo

ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ސައުދީއަށް

profile

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 16:58

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި އެވެ.

https://wamco.com.mv/

އެނގިފައިވާ ގޮތުގައި އަބުދުއްރަހީމް ސައުދީއަށް ފުރާ ވަޑައިގެންފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިމަހުގެ 19 އިން 24 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ، އަމީން ޢާންމުގެ ނައިބު މުޙައްމަދު ރަޝީދު، ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޒުއްޔިނާ ބަދުރީ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay