
އައްސޭރި ޖަލިގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން
“ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” ޓްރެއިނިންގ އައްސޭރި ޖަލުގައި ފަށައިފި

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 16:58
“ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ހިންގައިފިއެވެ.
މި ޓްރެއިނިންގ އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން، ކުރިއެަށް ގެންދިޔަ ޕްރޮގްރާމެކެވެ.
2026 ޖަނަވަރީ 18 ން ފެށިގެން 19 އަށް ކުރިޔަށްދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ޤައިދީންގެ ރިހެބިލިޓޭޝަން ދާއިރާގައި މަސައްކަތްކުރާ 14 އޮފިސަރުން ބައިވެރިވެފައިވެއެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއި “ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” (އާރްއެންޑްއާރް) މޮޑެލް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތައް ބޭނުންކޮށްގެން، އެކި ބާވަތުގެ ކުށްތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޚާއްސަ ކޮމިއުނިޓީ-ބޭސްޑް ސްޓްރެޓެޖީތަކެއް އެކުލަވާލައި އަދި ތަންފީޛުކުރުމެވެ.
މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން ޓެޓްރާޓެކްގެ ޕްރިޒަން އެކްސްޕަރޓް މިސްޓަރ ޓޯނީ ހެސަލްއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް މުއިއްޒު ސްޕެއިންގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެ
11 ގަޑިއިރު ކުރިން

އިންޑޮނޭޝިއާގެ ރައީސްއަށް ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
11 ގަޑިއިރު ކުރިން

ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ސައުދީއަށް
12 ގަޑިއިރު ކުރިން

ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް
15 ގަޑިއިރު ކުރިން


