logo

މަޖިލީހުގެ އާ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ 7 ގައި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 17 ސެޕްޓެމްބަރު 2024 - 12:45

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލީސް)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލީސް)

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 7 ވަނަ ދުވަހު ބާއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާގައެވެ.

ޖަލްސާގައި ވޯޓަށް އެހުމަށް ހުރި ކަންކަމާމެދު ވޯޓަށް އެހުމަށްފަހު، ޖަލްސާ ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާ އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 7 ވާ ހޯމަ ދުވަހު ކަމަށެވެ.

މި ހިނގާ 20 ވަނަ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ. ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ ގަވާއިދު ބުނާގޮތުން އެ ދައުރެއް ފެށޭ މަހުގައި އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުއެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ 50 މެމްބަރަކު ސޮއިކުރައްވާ ދައުރުން ބޭރުން ހާއްސަ ޖަލްސާތަކެއް ބޭއްވީ، ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށާއި ކުންފުނިތަކުގެ ގާނޫނު އިސްލާހު ކުރުމަށެވެ.

މިއަދުގެ ޖަލްސާ ނިންމާލާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަނުކުރަން ފާސްކުރުމަށް ފަހުއެވެ. އަދި ސަރުކާރުން ހުށަހެޅި ގޮތަށް ކުންފުނީގެ ގާނޫނު ވެސް ވަނީ އިސްލާހުކޮށްފަ އެވެ.

tel:+9607331319