logo

މުރައިދޫގޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އަޝްފާގު

profile

އާމިނަތު ޝަފާ - 03 ސެޕްޓެމްބަރު 2024 - 13:58

އަޝްފާގު

އަޝްފާގު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީ ގެކޮޅު މުރައިދޫގޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އައްޔަން ކުރައްވައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު އަސްލު ޓީވީއަށް ވިދާޅުވީ އަޝްފާގު އެމަގާމަށް އައްޔަނުކުރައްވާފައިވަނީ މިދިޔަ ޖުލައި މަހު ފަހުކޮޅުކަމަށެވެ.

މަޖިލިސް ރައީސްގެ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ޖުލައި 28 ވަނަ ދުވަހު އައްޔަން ކުރައްވާފައި ވަނީ މަޝްހޫރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ)އެވެ.

އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވީ ޖުލައިމަހުގެ 28 ވަނަ ދުވަހުއެވެ.

މުރައިދޫ ގެއަކީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެކޮޅެކެވެ.

tel:+9607331319