logo

އަނެއްކާވެސް މ. ކަންދަރު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 25 އޯގަސްޓު 2024 - 22:45

މ. ކަންދަރު ގޭގެ ގަރާޖުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ (ފޮޓޯ/އެމްއެންޑީއެފް)

މ. ކަންދަރު ގޭގެ ގަރާޖުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ (ފޮޓޯ/އެމްއެންޑީއެފް)

މާލޭގެ ގަރާޖެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހަކަށް ފިހިގެން ފަރުވާދެމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ މ.ކަންދަރު ގޭގައި ހިންގާ ފަހީމް އިލެކްޓްރިކް ޕްރައިވެޓް ލިމިޓެޑްގެ ގަރާޖުގައި ކަމަށެވެ. މި ހާދިސާ ހިނގީ ކަރަންޓުގެ މައްސަލައެއް ޖެހިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާއާ ގުޅިގެން ދެމީހަކަށް ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗަށް ގެންދިޔައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހަކާއި، އިންޑިއާއަށް ނިސްބަތްވާ މީހެއް ކަމަށް ބުނެފައި ވެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ބަންގްލަދޭޝް މީހާގެ ހަށިގަނޑުގެ 6 އިންސައްތަ ފިހިފައިވާއިރު އިންޑިއާ މީހާގެ ހަށިގަނޑުގެ 3 އިންސައްތަ ވަނީ ފިހިފަ އެވެ.

މ. ކަންދަރު ގޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގިއިރު، މިދިޔަ ހުކުރު ދުވަހުގެރޭ ވެސް ހަމަ އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެރޭ އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޑީ - ބޯޑެއްގައި ރޯވެގެންނެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެ އެވެ.

tel:+9607331319