logo

އިތުރަށް އަލިފާން ރޯވެ ފެތުރެމުން ނުދޭ: އެމްއެންޑީއެފް

profile

އައިޝަތު އިނާޝާ - 10 ސެޕްޓެމްބަރު 2024 - 07:46

WhatsApp Image 2024-09-09 at 15.32.00_b71e4365.jpg

WhatsApp Image 2024-09-09 at 15.32.00_b71e4365.jpg

ހ. ދޫހިމެރި ގޭގައި ދެވަނަ ފަހަރަށް ރޯވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ އިމާރާތުގައި އަނެއްކާވެސް ރޯވި ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފާއި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެ ފެތުރެމުންނުދާ ކަމަށާއި ގިނަ އަދަދަކަށް ޓިނާއި ލަކުޑި ން ހަދާފައިވާ ތަނަކަށްވާތީ ދަށުގައި ހުރި ލަކުޑި ތަކުގައި އަލިފާނުގެ އަސަރުހުރުމުން ދޭތެރެ ދޭތެރެއިން ހުޅުހިފާގޮތްވަނީ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ ހެންވޭރު ސޯސަން މަގު ދެކުނު ކޮޅުން އޮންނަ ދޫހިމެރި މަގުގައި ހުންނަ ކެފޭއެއްގަ އެވެ.

އެންޑީއެމްއޭއިން ބުނީ މި ހާދިސާއާ ގުޅިގެން 50 ބިދޭސީންނާއި، 6 ދިވެއްސަކު ރައްކާތެރި ތަންތަނަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ސިޢްހީ މައްސަލައެއް ދިމާވިކަން ފާހަގަވެފައިނުވާކަމަށެވެ.

ހާދިސާގައި 37 މީހުން ހާލުގައި ޖެހިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މީގެތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން ކަމަށެވެ.

އެންޑީއެމްއޭއިން ބުނި އެފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެއޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.


tel:+9607331319