logo

މާލެ ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ބޯޓު ހޯދައިފި

profile

އައިޝަތު އިނާޝާ - 30 އޯގަސްޓު 2024 - 13:50

ބޯޓެއް ފަރަށް އަރައިގެން ހަރަކާތްތެރި ވަނީ

ބޯޓެއް ފަރަށް އަރައިގެން ހަރަކާތްތެރި ވަނީ

ލ.ގަމުން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް ގެއްލުނު "އަކިރިސް" ނަމަކަށްކިޔާ ބޯޓު، އެމްއެންޑީއެފުން ހޯދައިފިއެވެ.

އެމްއެންޑީއެފުން ބުނީ އޮގަސްޓް 29 ވަނަ ދުވަހުގެ ފަތިހު، ހަ ފަޅުވެރިން ހިމެނޭހެން 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދުވަހުގެ 19:10 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" އިން މި ބޯޓު ހޯދާފައިވަނީ މިއަދު 08:50 ހާއިރު، މ.ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން، އިންޖީނު ހުއްޓިފައިވަނިކޮށް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ބޯޓުން ދަތުރުކުރީ ދެ ދިވެހީންނާއި 12 ބިދޭސީންނެވެ. އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

tel:+9607331319