logo

އިތުރަށް ނުފެތުރޭ ވަރަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ: އެމްއެންޑީއެފް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 ސެޕްޓެމްބަރު 2024 - 15:25

ގާމަގު ކެފޭގެ މަތީގައި ބަދިގޭގެ ގޮތުގައި ބޭނުންކުރާ އިމާރާތުގައި އަލިފާން ރޯވެ އަނދަނީ

ގާމަގު ކެފޭގެ މަތީގައި ބަދިގޭގެ ގޮތުގައި ބޭނުންކުރާ އިމާރާތުގައި އަލިފާން ރޯވެ އަނދަނީ

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ގެ ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އަލިފާން ރޯވެފައިވަނީ ހެންވޭރު ސޯސަން މަގު ދެކުނު ކޮޅުން އޮންނަ ދޫހިމެރި މަގުގައި ހުންނަ ކެފޭއެއްގައި ކަމަށް ވެއެވެ. އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއެކު ފުލުހުން ވެސް ދަނީ ބައިވެރިވަމުންނެވެ.

އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން، ވީޑިއޯތަކުން ފެންނަގޮތުގައި އެތަނުގައި ވަރަށް ބޮޑަށް ހުރީ ހުޅު ރޯވެފައެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެފައިވަނީ ގާމަގު ކެފޭ މަތީގައި ބަދިގެއެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްގައެވެ.

އަލިފާނުގެ ސަބަބުން ބޯ ދުންގަނޑު މުޅި ސަރަހައްދަށްވަނީ ފެތުރިފައެވެ.

އަލިފާން ރޯވެގެން އުޅޭ ހާދިސާގައި އެއްވެސް މީހަކަށް ކަމެއްވީކަމެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް، މަގުމަތީގައި ތިބި 2 މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އެއީ ބިދޭސީ އަންހެނަކާއި ބިދޭސީ ފިރިހެނެކެވެ.

އިތުރަށް ނުފެތުރޭ ވަރަށް އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319