logo

މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

profile

މަރްޔަމް ލީމް އަބޫބަކުރު - 25 ނޮވެމްބަރު 2024 - 23:34

މާފަންނު ގެއެއްގެ 10 ވަނަ ފަންގިފިލާގައި ހުރި ގުދަނެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި---ފޮޓޯ: އެމްއެންޑީއެފް ޓްވިޓާ

މާފަންނު ގެއެއްގެ 10 ވަނަ ފަންގިފިލާގައި ހުރި ގުދަނެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި---ފޮޓޯ: އެމްއެންޑީއެފް ޓްވިޓާ

މާވެޔޮ މަގުގައި ހުރި ގެއެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އަލިފާން ރޯވެފައިވަނީ މ.ނިޔަދުރު މާގޭގެ 10 ވަނަ ފަންގިފިލާގައެވެ.

ނިޔަނދުރުމާގޭގައި އަލިފާން ރޯވިކަމުގެ ރިޕޯޓު މިއަދު 17:55 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ގުދަނެއްގައެވެ.

އެމްއެންޑީއެފް އިން ބުނީ ރޯވި އަލިފާން ވަރަށް ބޮޑުތަނުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. ފަޔަރ ފައިޓަރުންގެ މަސައްކަތުން މިރޭ 19:45 ގައި އަލިފާންގަނޑު ނިވާލައިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

https://wamco.com.mv/
tel:+9607331319