logo

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއް އަލިފާނުން އަނދައިއަޅިއަށް

profile

ޒިދާން މުޙައްމަދު - 07 ނޮވެމްބަރު 2024 - 10:27

ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ އުޅަނދު އަނދައިއަޅިއަށްވެއްޖެއެެވެ.

ފަތިހުގެ ވަގުތުގައި ރޯވެފައިވަނީ "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 3:42 ހާއިރުއެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވެފައިވެއެވެ.

އެމްއެންޑީއެފްއިން ހިއްސާކުރި ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި ސަފާރީގައި އެއްކޮށް ކަހަލަ ގޮތަކަށް ވަނީ އަލިފާން ހިފާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް މަޢުލޫމާތެއް ނުލިބެއެވެ.

https://wamco.com.mv/
tel:+9607331319