logo

ގާމަގު ކެފޭ އަލިފާނުގައި 57 މީހަކު ހާލުގައި ޖެހުނު: އެންޑީއެމްއޭ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 10 ސެޕްޓެމްބަރު 2024 - 10:45

ހާލުގައި ޖެހުނު ފަރާތްތަކަށް އެންޑީއެމްއޭ އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ

ހާލުގައި ޖެހުނު ފަރާތްތަކަށް އެންޑީއެމްއޭ އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ

ހ. ދޫހިމިރި ގޭގެ އިމާރާތުގައި ހިންގަމުންއައި 'ގާމަގު' ކެފޭ ގައި އިއްޔެ ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ، ހެންވޭރު ސޯސަން މަގު ދެކުނު ކޮޅުން އޮންނަ ދޫހިމެރި މަގުގައި ހުންނަ 'ގާމަގު' ކެފޭ ގައެވެ. އެ އިމާރާތުގައި ރޯވިއިރު، އެ ތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ކަމަށް ވެ އެވެ.

އަލިފާން ގަނޑު ނިންވާލެވުނީ ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު ފަހުން ނެވެ.

އެންޑީއެމްއޭ އިން ބުނިގޮތުގައި، އެ ހާދިސާގައި ޖުމްލަ 57 މީހުން ހާލުގައި ޖެހިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 20 ބިދޭސީން ނެވެ.

އެ އިދާރާއިން ބުނީ، މިހާރު އެ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ އެ ހާދިސާއާ ގުޅިގެން 50 ބިދޭސީންނާއި، 6 ދިވެއްސަކު ރައްކާތެރި ތަންތަނަށް ވެސް ބަދަލު ކޮށްފައިވާ ކަމަށެވެ.

tel:+9607331319