logo

ރައީސް ދެއްވި ޔަގީން ކަމަކީ ގިނަ އަދަދެެއްގެ ހަތިޔާރު އަންނަ އަހަރު ހޯދާދެެއްވާނެކަން

profile

މުރުޝިދު ޢަބްދުލްޙަކީމް - 04 ނޮވެމްބަރު 2024 - 17:30

ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެމް.އެން.ޑީ.އެފްގެ އަސްކަރީ ޑިސްޕްލޭގެ ތެރެއިން: ފޮޓޯ-ރައީސް އޮފީސް

ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެމް.އެން.ޑީ.އެފްގެ އަސްކަރީ ޑިސްޕްލޭގެ ތެރެއިން: ފޮޓޯ-ރައީސް އޮފީސް

ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު ޢަދަދެއް އިރާދަކުރެއްވިއްޔާ އަންނަ އަހަރު ހޯދައިދެެއްވާނެކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ..މުއިއްޒު ވަނިީސިފައިންގެ ހިދުމަތް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށްދެެއްވުމަށް ކުރައްވާނެ މުޅިން އާ ބައެެއް ކަންކަންވެސް އިއުލާން ކުރައްވާފައެވެ. އެމަނިކިުފާނު ވިދާޅުވީ ސިފައިންގޭގެ އެއްގަމުގެ ބާރަށްވެސް ވަރަށް މުހިންމު ކަންތައްތަކެއް ކޮށްދޭން ނިންމައި އެ މަސައްކަތް މިހާރުވެސް ވަނީ ފަށާފަ ކަމަށެވެ. އެގޮތުން ސިފައިންނަށް ބޭނުންވާ ހަތިޔާރާއި އެކިއެކި އާލާތްތައް ހޯދުމަށް މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާ އެކީގައި ވަނީ މަސައްކަތްތަކެއް ފެށިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ލިބޭ ހިލޭއެހީ ލިބިގެންދާނެ. އޭގެއިތުރަށްވެސް، ހަތިޔާރާއި އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހެޅިފައި އޮތް ބަޖެޓުގެ ތެރެއިން ވާނީ ވަކި ޢަދަދެއް ކަނޑައަޅާފައި. އަޅުގަނޑު ދޭ އުފާވެރި ޚަބަރަކީ، މި އަންނަ އަހަރުގެ ތެރޭގައި، ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު ޢަދަދެއް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ސިފައިންގެ ކެޕޭސިޓީ ބިލްޑް ކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރެވިގެންދާނެކަން ފާހަގަ ކުރައްވައި ރައީސް ވަނީ އައްޑޫސިޓީ ގަމުގައި އެއަރބޭސްއެއް ޤާއިމުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެތަނުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށާއި، ނިމުމާއެކު އުތުރުގައި އަދި އެފަދަ އެއްތަން ހެދިގެންދާނެ ކަމަށެވެ.

މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމުގައި އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތައް މިއަދުވެސް އެމަނިކުފާނު އެ ހުންނެވީ އެ ގޮތައް ކަމަށް ވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.


އަޅުގަނޑު މީގެ އަހަރެއްހާ ދުވަސް ކުރިން، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާއާ ހަވާލުވި ދުވަހު ދެންނެވިން، ޤައުމުގެ މިނިވަންކަން ޙިމާޔަތް ކުރުމަކީ އަޅުގަނޑަށް ލިބޭނޭ އެންމެބޮޑު ފަޚުރޭ. އަދި ޒިންމާއޭ. އިރާދަކުރެއްވީތީ މިއަދާ ހަމަޔަށް އައިއިރުގައި، އަޅުގަނޑު އެ ދުވަހު އެ ދެންނެވި ގޮތަށް، ކޮންމެ ދުވަހެއްވެސް ހޭދަ މިކުރަނީ، ޤައުމުގެ މިނިވަންކަން ޙިމާޔަތް ކުރުމަށްޓަކައި. ޤައުމުގެ ޢަސްކަރީ ބާރު ވަރުގަދަކޮށް، ކުރިއަށް އޮތް ދުވަސްތަކަށް ފޯރުކޮށްދިނުމަށްޓަކައި. ދިފާޢީ ބާރު ވަރުގަދަކުރުމަށްޓަކައި.

ރައީސް ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ސިފައިންގެ ވަރުގަދަކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައިވާ ކަމަށާއި އެގޮތުން "އެއާކޯ" ޤާއިމުކުރުމުގެ އިތުރަށް މިޒަމާނުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫ.އޭ.ވީތައް ގެނެސްފައިވާކަމަށެވެ.

ހަމައެއާއެކީގައި، މިއަދު އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފަދައިން، ކޯސްޓްގާޑުގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި ސްޕެޝަލް ބޯޓް ކޯޑްރަންއެއް އެވަނީ، ސްކޮޑްރަން އެވަނީ މިއަދު ފެށިފައި. ކޯސްޓްގާޑް ޑަބަލްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން. ދެގުނަޔަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައި. ކަނޑުއޮތްގިރި އެވަނީ މިހާރު ސިފައިންނާ، ކޯސްޓްގާޑާ ހަވާލުކުރެވިފައި. އެ ތަނަކީ ކޯސްޓްގާޑުގެ، މި ދެންނެވިހެން ފްލީޓް ބޮޑުކޮށް، ދެމެހެއްޓުމުގެ މަސައްކަތް ކުރާނެ މައި ތަނަށް ވާނެ. ރައީސް ވިދާޅުވިއެވެ.

ސިފައިންގެ މަރުކަޒުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބަބުން ފާއިތުވި ދުވަސްތަކުގައި އެތަންތަން ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައިވާ ކަމަާއި އެ މަސައްކަތްވެސް ބޭރުގެ އެހީއާއެކު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.



https://wamco.com.mv/
tel:+9607331319