
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

މުޙައްމަދު ފަޟްލޫން - 11 ސެޕްޓެމްބަރު 2026 - 07:37
މިދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ،
މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ ކަނޑުތައް ގަދަވެ ބޯކޮށް ވާރެވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރު ކުރާ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ވަނީ ބުނެފައެވެ.
ކަނޑުދަތުރުކުރާއިރު އަަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަމްޕް ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރަުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކެޓް އަޅައި އިތުރަށް ސަމާލުވާން އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
ވޯޓަރ ސްޕޯޓްސް އިންތިޒާމްކުރާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖް ސަމާލު ނެރެފައި ވަނިކޮށް ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފި
3 ގަޑިއިރު ކުރިން

97 ބިދޭސީއަކު ބަލައި ފާސްކޮށް، ދެ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
4 ގަޑިއިރު ކުރިން

ޑްރަގްސް ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅާއެކު ދުވާފަރުން ދެމީހުން ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ބީއެމްއެލްގެ އެހީތެރިކަމާއެކު ޓައިނީ ހާޓްސްގެ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފި
4 ގަޑިއިރު ކުރިން


