
ބީއެމްއެލްގެ އެހީތެރިކަމާއެކު ޓައިނީ ހާޓްސްއިން ކުރިޔަށް ގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓްގެ ތެރެއިން، ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އެހީތެރިކަމާއެކު ޓައިނީ ހާޓްސްގެ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފި

އާމިނަތު ޝަޒްލާ - 08 ނޮވެމްބަރު 2026 - 07:46
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 'ބޭންކް ފަންޑު' ގެ އެހީތެރިކަމާއެކު، ކަސްރަތާއި ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށްޓަކައި 'ޓައިނީ ހާޓްސް އޮފް މޯލްޑިވްސް' އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)' ގެ މައްޗަށް ބިނާކޮށް، މި ޕްރޮޖެކްޓްގެ ދަށުން ތަފާތު އުމުރުފުރާތަކަށާއި، ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަސްރަތު ކުރާނެ ގޮތުގެ 10 ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފައެވެ.
މީގެ ތެރޭގައި ކުޑަކުދިންނާއި، ތުއްތު ކުދިންނާއި، މާބަނޑު މީހުންނާއި، ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ވީޑިއޯތައް ހިމެނެއެވެ. މި ވީޑިއޯތައް މިހާރު ޓައިނީ ހާޓްސްގެ ވެބްސައިޓުންނާއި އެކަމަށް ހާއްސަކޮށްފައިވާ އިންސްޓަގްރާމް ޕޭޖުން ބަލާލެވޭނެއެވެ. އަދި ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށްޓަކައި މި ވީޑިއޯތައް ޑައުންލޯޑް ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ކަސްރަތު ކުރުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދީ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ ގައުމީ މަސައްކަތުގައި ބައިވެރިވުމެވެ. "ހާޓް ހެލްތީ ރާއްޖެ މަޝްރޫއުގެ އަމާޒަކީ ކޮންމެ އުމުރެއްގެ، ކޮންމެ ހާލަތެއްގައި ހުރި މީހަކަށް ވެސް ކަސްރަތު ކުރުމުގެ މަގު ފަހިކޮށްދިނުން. ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީއާއެކު މި ވަސީލަތްތައް މުޅި ރާއްޖޭގެ އާއިލާތަކަށާއި ރަށްރަށަށް ހިލޭ ފޯރުކޮށްދިނުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ،" ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ޗެއާޕާސަން ޖީހާން މަހްމޫދު ވިދާޅުވިއެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލައިގެން ބީއެމްއެލްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހިލޭ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ވެސް ފަސް މަޝްރޫއެއް ހޮވައި، މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް އެއިން ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ އެހީ ފޯރުކޮށްދެއެވެ.
ގުޅުން ހުރި ޙަބަރުތައް

97 ބިދޭސީއަކު ބަލައި ފާސްކޮށް، ދެ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
4 ގަޑިއިރު ކުރިން

ޑްރަގްސް ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅާއެކު ދުވާފަރުން ދެމީހުން ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ފަރަށް އެރި ބޯޓެއްގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
5 ގަޑިއިރު ކުރިން

އެންސީޕީއެލްއީ ގެ 2026 ވަނަ އަހަރުގެ އަހަރީ ކޮންފަރެންސް މިއަދު ފަށައިފި
6 ގަޑިއިރު ކުރިން


