logo
މާލެއިން ފުރައިގެން ގދ.ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓު، ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ގދ.ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓު، ފޮޓޯ: އެމްއެންޑީއެފް

ފަރަށް އެރި ބޯޓެއްގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

profile

އާމިނަތު ޝަޒްލާ - 08 ނޮވެމްބަރު 2026 - 07:27

މާލެއިން ފުރައިގެން ގދ.ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓުގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

https://wamco.com.mv/

މި ހާދިސާގެ މަޢުލޫމާތު ނޮވެންބަރު 8 ވަނަ ދުވަހުގެ 00:40 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

މިގޮތުން، މި ބޯޓުން ދަތުރުކުރަމުންދިޔަ ހަތަރު ދިވެހީންނާއި، ހަ ބިދޭސީންގެ ތެރެއިން ހަތް މީހަކު ވަަނީ 01:53 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައެވެ. އަދި، ޑިންގީއެއްގައި ގދ. ފެންފުއްޓާއަށް އަރައިތިބި ތިން މީހުން ވެސް 02:10 ހާއިރު ވަނީ ހާބަރކްރާފްޓަށް ނަގާފައެވެ.

'ދެރަހަ' ބޯޓު ފުންކުރުމަށް އެ ބޯޓުގެ ވެރިިފަރާތުން ގެނައި "ސްވިފްޓް" ދޯނި 04:22 ހާއިރު އެ ސަރަހައްދަށް އައުމުން، މި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ. 'ދެރަހަ' ބޯޓުގެ ވެރިފަރާތާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ދަނީ ބޯޓު ފުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

https://wamco.com.mv/
tel:+9607331319