
މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި ރޭ ހިންގި ޚާއްޞަ އޮޕަރޭޝަންގެ ތެރެއިން،، ފޮޓޯ: އިމިގްރޭޝަން
97 ބިދޭސީއަކު ބަލައި ފާސްކޮށް، ދެ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އާމިނަތު ޝަޒްލާ - 08 ނޮވެމްބަރު 2026 - 08:13
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބިދޭސީން ބަލައި ފާސްކޮށް އޭގެ ތެރެއިން ދެ މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ޖޮއިންޓް ޓާސްކް ފޯހުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި މާލޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 97 ބިދޭސީއަކު ވަނީ ހުއްޓުވައި، ސުވާލުކޮށް ޗެކްކޮށްފައެވެ. އަދި މި ބަލައިފާސްކުރުމުގެ ތެރެއިން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު ފާހަގަކުރެވިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ އަދި ވިޔަފާރިއާއި މަސައްކަތްތައް ކުރަމުންދާ ބިދޭސީން ހޯދައި، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ކުރިއަށްގެންދާ ފުޅާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.
ދިވެހިރާއްޖޭގައި ހުއްދަނެތި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ވެސް އިމިގްރޭޝަނުން ވަނީ ސިލްސިލާ ގޮތެއްގައި ގިނަ ރެއިޑް އޮޕަރޭޝަންތަކެއް މާލެއާއި އަތޮޅުތެރޭގައި ހިންގާފައެވެ. އެ އޮޕަރޭޝަންތަކުގައި ސައްހަ ލިޔެކިޔުން ނެތް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން، މި އޮޕަރޭޝަންތަކުގައި އަތުލައިގަނެ، ޑިޕޯޓޭޝަން ސެންޓަރުގައި ބައިތިއްބާފައި ތިބި މީހުން ޤަވާޢިދުގެ ދަށުން އަނބުރާ އެ މީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ވަރުގަދަކޮށް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޑްރަގްސް ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅާއެކު ދުވާފަރުން ދެމީހުން ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ބީއެމްއެލްގެ އެހީތެރިކަމާއެކު ޓައިނީ ހާޓްސްގެ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފި
4 ގަޑިއިރު ކުރިން

ފަރަށް އެރި ބޯޓެއްގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
5 ގަޑިއިރު ކުރިން

އެންސީޕީއެލްއީ ގެ 2026 ވަނަ އަހަރުގެ އަހަރީ ކޮންފަރެންސް މިއަދު ފަށައިފި
6 ގަޑިއިރު ކުރިން


