logo
ކަނޑުގަދަ ދުވަހެއް---

ކަނޑުގަދަ ދުވަހެއް---

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފި

profile

ޖިނާން ޙުސައިން ޖަބީން - 08 ނޮވެމްބަރު 2026 - 09:35

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

https://wamco.com.mv/

ހއ. އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއާ ހަމައަށް ނެރެފައިވާ މި ސަމާލުގެ މުއްދަތު އިތުރުކޮށްފައިވަނީ، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 20:00 ގެ ނިޔަލަށެވެ.

View post on Twitter

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މޫސުން ގޯސްވެ، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319