logo

މޫސުމަށް ސަމާލުވޭ! ކުރިއަށް އޮތް 3 ދުވަހުވެސް ވިއްސާރަ ވާނެ: މެޓް

profile

ރިޟްވާން މޫސާ - 10 ސެޕްޓެމްބަރު 2026 - 13:09

ކުރިއަށް އޮތް ތިން ދުވަހުގައި ވެސް ރާއްޖެއަށް ބޯކޮށް ވާރޭ ވެހި މޫސުން ގޯސް ވެދާނެ ކަމަށް ލަފާކޮށް ރައްޔިތުން ސަމާލުވެ ތިބުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އިލްތިމާސްކުރައްވައިފި އެވެ.

https://wamco.com.mv/

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރަ އާއި ގުޅިގެން މޫސުން ގޯސްވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދައްކާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްރަށް ބޯކޮށް ވާރޭވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، އާންމު ގޮތެއްގައި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުންނެވެ. ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު ފަސް މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

ރާއްޖޭގެ ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މޫސުން ގޯސް ދުވަސްވަރަކަށް ވާތީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

https://wamco.com.mv/
tel:+9607331319