
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ޖިނާން ޙުސައިން ޖަބީން - 14 އޮކްޓޯބަރު 2026 - 10:44
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށެވެ. އެގޮތުން މިއަދުގެ މެންދުރުފަހު 13:15 އިން ފެށިގެން މިރޭ 19:00 އާ ހަމައަށް މި ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ޖުމްލަ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ވާރޭވެހުން އެކަށީގެންވެއެވެ. ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލުގެ ބާރުމިނަށް ވައި ގަދަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މީގެއިތުރުން، ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވި ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވެގެންދާނެއެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ ގާތްގަނޑަކަށް 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ގުޅުން ހުރި ޙަބަރުތައް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފި
3 ގަޑިއިރު ކުރިން

ކުރިއަށް އޮތް 5 ދުވަހު ވިއްސާރަ ވެހޭނެ ކަމަށް ލަފާކޮށްފި
2 ދުވަސް ކުރިން

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި
2 މަސް ކުރިން

މޫސުމަށް ސަމާލުވޭ! ކުރިއަށް އޮތް 3 ދުވަހުވެސް ވިއްސާރަ ވާނެ: މެޓް
2 މަސް ކުރިން


