
ބުރިޖުގެ ތަނބުގައި ޖެހުނު ބޮޑު ދެ ތެޔޮ ބޯޓު ދިޔަވެ އަޑިއަށް ހިނގައްޖެ!

ރިޟްވާން މޫސާ - 11 ސެޕްޓެމްބަރު 2026 - 18:20
މާލެ ހުޅުމާލެ ބުރިޖުގެ ތަނބުތަކުގައި ޖެހުނު ބޮޑު ދެ ތެޔޮ ބޯޓު އޮޔާދާތީ ސަމާލުވާން އެދިފައިވަނިކޮށް އެ ދެބޯޓު މިރޭ ދިޔަވެ އަޑިޔަށް ގޮސްފި އެވެ.
ގަދަ ވަޔާއެކު ނަގިލި ކަހާލައިގެން ގޮސް މި ދެ ބޯޓު ފުރަތަމަ ވަނީ ސިނަމާލެ ބުރިޖުގެ ބައެއް ތަނބުތަކުގައި ވެސް ޖެހިފަ އެވެ.
ރޭ ގާތްގަނޑަކަށް 22:00 ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެ އެވެ. އަދި ބުރިޖުގެ ތަނބުތަކުގައި ޖެހިގެން ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މި ދެ ބޯޓު އޮޔާ ދާތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ހާއްސަ ސަަމާލުކަމެއް ދެއްވައިގެން ދަތުރު ކުރެއްވުމަށް އެމްއެންޑީއެފް އިން ރޭ ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ.
އެމްއެންޑީއެފް އިން "އަސްލުޓީވީ" އަށް ރޭ ވިދާޅުވީ މި ދެ ބޯޓު އޮޔާދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާ ކަމަށާއި، ބޯޓުގައި ތިބި ފަޅުވެރިން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ދެ ބޯޓުގައި ޖުމްލަ 20 ފަޅުވެރިޔަކު ތިއްބެވެ. އެއީ "ކޭޖީ 1" ގައި ތިބި 9 މީހުންނާއި "އޭއެލް 1" ގައި ތިބި 11 މީހުންނެވެ. އެނގިފައިވާ ގޮތުގައި ބޯޓުގައި ތިބީ ހުސް ބިދޭސީ ފަރާތްތަކެވެ. މި ފަރާތްތައް މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފަ އެވެ.
މި ދެ ބޯޓު ވަނީ ދިޔަވެ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.
އެނގިފައިވާ ގޮތުގައި މި ދެ ބޯޓަކީ ވެސް ގަވައިދާ ޙިލާފަށް ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގެންފައިވާ ދެ ބޯޓެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހި އިންޖިނިއަރުންނަކީވެސް ބައިނަލް އަގުވާމީ ފެންވަރުގެ ގާބިލް ބައެއްް: މުއްތަލިބް
13 ގަޑިއިރު ކުރިން

ޑްރޯން ހަމަލާއާއެކު މިޔަންމާގެ އެއާޕޯޓުގެ އުދުހުންތައް މެދުކަނޑާލައިފި
13 ގަޑިއިރު ކުރިން
ހުޅަނގު އައްސޭރީގެ ޖަރީމާތައް ފުޅާކޮށް ހަފުތާއެއްގެ ތެރޭގައި 100 މީހުން ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން
ސިޔާސީ މީހުން ދައްކާ ވާހަކަތަކުގެ އެކޮޅު މިކޮޅު ބަލަން ވެސް ޖެހޭ: ޔާމީން
13 ގަޑިއިރު ކުރިން


