logo

ސިޔާސީ މީހުން ދައްކާ ވާހަކަތަކުގެ އެކޮޅު މިކޮޅު ބަލަން ވެސް ޖެހޭ: ޔާމީން

profile

ރިޟްވާން މޫސާ - 11 ސެޕްޓެމްބަރު 2026 - 14:35

ސިޔާސީ މީހުން ދައްކަވމުން އަންނަ ވާހަކަ ތަކާއި ހަގީގަތް ބައްލަވަން ޖެހޭ ކަމަށާއި، އެކަންކަމަށް ހިސާބު ޖައްސަވަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ޕީއެންއެފް އިން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މިއަދު ގައުމުގެ ހާލަތު މިއޮތީ ވަރަށްވެސް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި މިއަދު ކޮންމެ ސިޔާސީ ބޭފުޅަކުވެސް އާންމު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގައުމުގައި ހިނގަމުންދާ ކަންކަމާއިމެދު ވިސްނައި ފިކުރު ހިންގަންޖެހޭ ކަމަށެވެ.

ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެއްވެސް ވަރަކަށް ސަރުކާރަށް ފާޑުކިޔައި ރައީސް ޑރ މުހައްމަދު މުއިއްޒަށް ރައްދުވެސް ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އާންމު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އާންމު ރައްޔިތެއްގެ ދިރިއުޅުމުގެ ކެކުޅުމުގެ އަޑު ގައި މިއަދު އިވެމުންދަނީ "މިއީ ދިވެހިންނަށް މިއަދު ކުރިމަތިވެފައި އޮތް މުސީބާތް" ކަމަށެވެ. އަދި މިކަމުން އަރައިގަންނަންޖެހޭ ކަމަށާއި، ސިޔާސީ މީހުންގެ ވާހަކަ ތަކިުހެ ހަގީގަތް ބަލައިލަންވެސް ޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ހުރިހައި މީހުން ވެސް ދައްކަމުން އަންނަނީ ސިޔާސީ އެއްވާހަކަ އެއް ކަމުގައިވަނީނަމަަ އެކަމަކަށް ރައްޔިތުން ވެސް ވިސްނާލަން ޖެހޭ ކަމަށެވެ.

ރާޢްޖޭގެ އަދުލު އިންސާފު ވެސް ނެތް ކަމަށާއި، އަދުލު އިންސާފު ގާއިމުކުރުމުގައި އޮތް މިންވަރު ވަރަށް ބޮޑަށް ބޮއްސުންލާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. މީގެ އިތުރުން ދިވެހި ވިޔަފާރި ތަަރައްގީ ކުރުމާއި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމާއެކު ބޭރުގެ އިންވެސްޓަރުން ވެސް ރާޢްޖެއަށް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

https://wamco.com.mv/
tel:+9607331319