
ދިވެހި އިންޖިނިއަރުންނަކީވެސް ބައިނަލް އަގުވާމީ ފެންވަރުގެ ގާބިލް ބައެއްް: މުއްތަލިބް

ރިޟްވާން މޫސާ - 11 ސެޕްޓެމްބަރު 2026 - 14:38
ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ އިންޖިނިއަރުންނަކީ ތައުލީމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުން ވެސް ގާބިލް މަސައްތަުގައި ކުރިއެރުންތަކެއް ހޯދާފައިވާ ގާބިލް ބައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ގައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ބާސެލޮސް ނަސަންދުރާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ރާއްޖޭގެ ރަށްތަކަކީ މުރަކައިގެ ބިންތިރި ރަށްތަކަކަށް ވާތީ، ކޮންމެ އުމްރާނީ ތަރައްގީއެއްވެސް ގެންނަން ޖެހެނީ ތިމާވެއްޓަށް ރިއާޔަތްކޮށްގެން ކަމަށެވެ.
އިންޖިނިއަރުންނަކީ ގައުމު ބިނާކުރުމުގައި ފަރުދާގެ ފުރަގަހުގައި ތިބެ އަގުހުރި ހިދުމަތްތަކެއް ކުރަމުން އަންނަ ފަހުލަވާނުންތަކެއް ކަމަށް މިނިސްޓަރު މުއްތޮލިބު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދިވެހި އިންޖިނިއަރުންނަށް އެބޭފުޅުން ކުރައްވާ މަސައްކަތްތަކުގައި ބޭރގެ އިންޖިނިއަރުން ވެސް ތައުރީފް ކުރައްވާ ކަމަށާއި، އެއީ އަގުވަޒަންކުރުން ހައްގު ބައެއް ކަމަށެވެ.
އިންޖިނިއަރިންގެ އެވޯޑު ޖަލްސާހައި ވަނީ8 ދާއިރާ އަކުން އެވޯޑު ދީފަ އެވެ. މިއީ ގައުމީ ތަރައްގީގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކޮށް، އެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމަށާއި ތިމާވެއްޓާ ރައްޓެހި އީޖާދީ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ސަރުކާރުން ދޭން ފެށި އެވޯޑެކެވެ.
ރާއްޖޭގައި އަލަށް ތައާރަފުކުރި "އިންޖިނިއާސް އެވޯޑް" ގައި، އަހަރުގެ އެންމެ މޮޅު އިންޖިނިއަރުގެ ޝަރަފުވެރި އެވޯޑު ލިބިވަދައިގެންފައިވަނީ ޑރ. ފުރުގާން އިބްރާހިމް އަށެވެ. މި އެވޯޑް އެމަނިކުފާނާއި ހަވާލުކުރެއްވެވީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.
ގުޅުން ހުރި ޙަބަރުތައް

ބުރިޖުގެ ތަނބުގައި ޖެހުނު ބޮޑު ދެ ތެޔޮ ބޯޓު ދިޔަވެ އަޑިއަށް ހިނގައްޖެ!
9 ގަޑިއިރު ކުރިން

ޑްރޯން ހަމަލާއާއެކު މިޔަންމާގެ އެއާޕޯޓުގެ އުދުހުންތައް މެދުކަނޑާލައިފި
13 ގަޑިއިރު ކުރިން
ހުޅަނގު އައްސޭރީގެ ޖަރީމާތައް ފުޅާކޮށް ހަފުތާއެއްގެ ތެރޭގައި 100 މީހުން ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން
ސިޔާސީ މީހުން ދައްކާ ވާހަކަތަކުގެ އެކޮޅު މިކޮޅު ބަލަން ވެސް ޖެހޭ: ޔާމީން
13 ގަޑިއިރު ކުރިން


