logo

ހުޅަނގު އައްސޭރީގެ ޖަރީމާތައް ފުޅާކޮށް ހަފުތާއެއްގެ ތެރޭގައި 100 މީހުން ހައްޔަރުކޮށްފި

profile

ރިޟްވާން މޫސާ - 11 ސެޕްޓެމްބަރު 2026 - 14:36

ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޖަރީމާތައް ފުޅާކޮށް، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ފަލަސްޠީނުގެ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޕަލަސްޓީނިއަން ޕްރިޒަނަރސް ސޮސައިޓީއިން (ޕީޕީއެސް) ހާމަކޮށްފިއެވެ.

https://wamco.com.mv/

ފަލަސްޠީނުގެ ވަފާ ނޫސް އޭޖެންސީން ބުނީ، ބުރާސްފަތި ދުވަހުގެ ފަތިހު ބުރްޤާ އަވަށަށް ޔަހޫދީ ސިފައިން ވަދެގަނެ، 15 މީހަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ.

ޔަހޫދީ ސިފައިން ހަ ގަޑިއިރު ވަންދެން ގެތައް ބަލައިފާސްކޮށް، ގޭގޭގެ ވެރިން ހައްޔަރުކުރުމަށްފަހު ފައިބައިގެން ދިޔައިރު، ނާބުލުސްގެ ހުޅަނގު އުތުރުގައި އޮންނަ އެ އަވަށަށް ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިންނާއި ސިފައިންގެ ހަމަލާތަކާއި ގެތައް ތަޅައިލުމުގެ ޢަމަލުތައް ވަނީ ޢާންމުވެފައެވެ.

މީގެ ތެރޭގައި ކުޑަކުދިންނާއި، އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން މިނިވަންކޮށްފައިވާ އަޙްމަދު ޞައިފީގެ އިތުރުން، ނޫސްވެރިން ކަމަށްވާ މުޢާޛު ޢަމާރްނަތު އަދި ޞަބްރީ ޖިބްރީލް ހިމެނެއެވެ.

ޕީޕީއެސް އިން ނެރުނު ބަޔާނެއްގައި ބުނީ، ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުން ހައްޔަރުކުރުމަށް ޔަހޫދީ ސިފައިން ހިންގަމުންދާ ޖަރީމާތައް އިތުރުކޮށް، ވަރުގަދަކޮށްފައިވާ ކަމުގައެވެ. މި އޮޕަރޭޝަންތަކުގައި ގޭގެއަށް ވަދެގަނެ މުދަލަށް ގެއްލުންދީފައިވާ ކަމަށާއި، ބައެއް ގެތައް އަސްކަރީ ބޭނުމަށް ހިފަހައްޓާފައިވާ ކަމުގައި އެ ޖަމާޢަތުން ބުންޏެވެ.

މީގެ އިތުރުން، ތަޙްޤީޤުތައް ހިންގުމާއި، ޖިސްމާނީ އަނިޔާކުރުމާއި، ޢާއިލާތަކަށް ބިރުދެއްކުމާއި، ޝަރީޢަތަކާ ނުލައި މީހުން ޝަހީދުކުރުން ފަދަ ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.

ޔަހޫދީ ސިފައިންގެ ޙިމާޔަތުގައި ތިބެ ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ފަލަސްޠީނު މީހުންނަށާއި އެ މީހުންގެ އުޅަނދުތަކަށް ހަމަލާދީ، މަގުތައް ބަންދުކުރަމުންދާ ކަމުގައެވެ. އަދި، 2023 އޮކްޓޫބަރު ގައި ޣައްޒާގައި ނަސްލުހޭދެއް ފެށި ފަހުން، ހުޅަނގު އައްސޭރިން 25،000 އަށް ވުރެ ގިނަ މީހުން އަދި ޣައްޒާއިން އިތުރު އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާ ކަމުގައި ވެސް ޕީޕީއެސް އިން ހާމަކުރެއެވެ.

https://wamco.com.mv/
tel:+9607331319