
ޑްރޯން ހަމަލާއާއެކު މިޔަންމާގެ އެއާޕޯޓުގެ އުދުހުންތައް މެދުކަނޑާލައިފި

ރިޟްވާން މޫސާ - 11 ސެޕްޓެމްބަރު 2026 - 14:37
މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސަހަރަށް ޚިދުމަތްދޭ މޭންޑަލޭ ބައިނަލްއަޤްވާމީ އެއާޕޯޓުގެ އުދުހުންތައް މެދުކަނޑާލައިފި ކަމަށް އެ ޤައުމުގެ މައި އެއާލައިނުން ހާމަކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ ޤައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް ދިގުލައިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިން، މިދިޔަ ބުރާސްފަތި ދުވަހު އެ އެއާޕޯޓަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެންނެވެ.
މީޑިޔާ ރިޕޯރޓްތައް ބުނާގޮތުން މޭންޑަލޭގެ ބައިނަލްއަޤްވާމީ އެއާޕޯޓަށް ކުރާ އަދި އެ އެއާޕޯޓުން ފުރާ އެންމެހައި ބައިނަލްއަޤްވާމީ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފަ އެވެ. އަދި އޮޕަރޭޝަނަލް ސަބަބުތަކަށްޓަކައި ވަކި ގޮތެއް އަންގަންދެން، ދާޚިލީ ދަތުރުތައް ކައިރީގައިވާ އެހެން އެއާޕޯޓަކަށް ބަދަލުކުރެވިފައިވާ ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިދިކޮޅު ހަނގުރާމަވެރިން މި ހަމަލާގައި ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ އެއާޕޯޓުގައި ހުރި އަސްކަރިއްޔާގެ ހަނގުރާމަމަތީ މަޔިންދާބޯޓުތަކަށެވެ.
މިކަމާ ގުޅޭގޮތުން މިޔަންމާ އެއާވޭސް އިންޓަނޭޝަނަލްގެ ބެންކޮކް އޮފީހުގެ އޮފިޝަލަކު، ނަން ހާމަނުކުރުމަށް އެދި މިއަދު ވިދާޅުވީ، ސެޕްޓެމްބަރު 11 އަދި 12 ވަނަ ދުވަހު މޭންޑަލޭއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ކެންސަލްކޮށްފައިވަނީ އެއާޕޯޓު ބަންދުކުރުމާ ގުޅިގެން ކަމަށެވެ.
މި ހަމަލާގެ ސަބަބުން ދާޚިލީ ބައެއް ދަތުރުތަކަށް ވަގުތީގޮތުން ބުރޫއެރި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ވެހިކަލްތަކަށާއި އެއާޕޯޓުގެ ރަންވޭއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ނޫހުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބުރިޖުގެ ތަނބުގައި ޖެހުނު ބޮޑު ދެ ތެޔޮ ބޯޓު ދިޔަވެ އަޑިއަށް ހިނގައްޖެ!
9 ގަޑިއިރު ކުރިން

ދިވެހި އިންޖިނިއަރުންނަކީވެސް ބައިނަލް އަގުވާމީ ފެންވަރުގެ ގާބިލް ބައެއްް: މުއްތަލިބް
13 ގަޑިއިރު ކުރިން
ހުޅަނގު އައްސޭރީގެ ޖަރީމާތައް ފުޅާކޮށް ހަފުތާއެއްގެ ތެރޭގައި 100 މީހުން ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން
ސިޔާސީ މީހުން ދައްކާ ވާހަކަތަކުގެ އެކޮޅު މިކޮޅު ބަލަން ވެސް ޖެހޭ: ޔާމީން
13 ގަޑިއިރު ކުރިން


