
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓް ގާރޑް
ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 53 މެޑިކަލް އިވެކުއޭޝަން ހަދައިދީފި

އާމިނަތު ޝަޒްލާ - 17 އޮކްޓޯބަރު 2026 - 11:47
ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވި 53 ބަލިމީހަކު އެއް ރަށުން އަނެއް ރަށަށް ގެންގޮސްދިނުމުގެ އޮޕަރޭޝަންތައް (މެޑިކަލް އިވެކުއޭޝަން)، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކާމިޔާބުކަމާއެކު ހިންގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އޮޕަރޭޝަންތައް ހިންގާފައިވަނީ 2026 އޮކްޓޫބަރު 08 އިން ފެށިގެން 15 އޮކްޓޫބަރުގެ ނިޔަލަށެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޚިދުމަތްދޭ ސީ އެމްބިއުލާންސްތައް މެދުވެރިކޮށް، ކޯސްޓްގާޑުގެ އެކި ސްކޮޑްރަންތަކުން ވަނީ ބަލިމީހުން އުފުލުމުގައި ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ޢާންމުކުރި ހަފުތާގެ ރިޕޯޓުގައިވާ ގޮތުން، އެންމެ ގިނަ އަދަދަކަށް ބަލިމީހުން އުފުލާފައިވަނީ މާލެ ސަރަޙައްދު ހިމެނޭ ކޯސްޓްގާޑް ފުރަތަމަ ސްކޮޑްރަންއިންނެވެ.
ސްކޮޑްރަންތަކުން މެޑިކަލް އިވެކުއޭޝަން ހެދި އަދަދުތައް:
- ކޯސްޓްގާޑް ފުރަތަމަ ސްކޮޑްރަން: 34
- ކޯސްޓްގާޑް ދެވަނަ ސްކޮޑްރަން: 02
- ކޯސްޓްގާޑް ތިންވަނަ ސްކޮޑްރަން: 06
- ކޯސްޓްގާޑް ހަތަރުވަނަ ސްކޮޑްރަން: 11
ރާއްޖެ އުފެދިފައިވާ ޖިއޮގްރަފީގެ ގޮތުން ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން، ކުއްލި ޞިއްޙީ ހާލަތްތަކުގައި ބަލިމީހުން އިތުރު ފަރުވާއަށް ޓަރޝަރީ ހޮސްޕިޓަލްތަކަށް ގެންދިއުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް ލަސްނުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.
މިގޮތުން، މޫސުން ގޯސް ހާލަތްތަކުގަޔާއި ކަނޑުގަދަ ވަގުތުތަކުގައި ވެސް ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ކަނޑުމަގުން ބަލިމީހުން އުފުލުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީ އެމްބިއުލާންސްތަކުން އަންނަނީ 24 ގަޑިއިރު މެދުކެނޑުމެއްނެތި މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫސުމީ އައު ރާޑަރާއި މެޓް އޮފީސް އެޅުމުގެ މަސައްކަތް ފަށަނީ
3 ގަޑިއިރު ކުރިން

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ވިއްސާރައިގައި ގެއްލުންވަމުންދާ ފަރާތްތަކަށް އެހީވުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
3 ގަޑިއިރު ކުރިން

ދިޔަވަމުންދިޔަ ލޯންޗަކަށް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފި
3 ގަޑިއިރު ކުރިން


