.webp&w=3840&q=75)
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު,, ފޮޓޯ: ސޯޝަލް މީޑިއާ
ވިއްސާރައިގައި ގެއްލުންވަމުންދާ ފަރާތްތަކަށް އެހީވުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

އާމިނަތު ޝަޒްލާ - 24 އޮކްޓޯބަރު 2026 - 11:40
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ގާތުން ބައްލަވައި، އެ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ ނާޒުކު ތިމާވެއްޓަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ނުހަނު ބޮޑަށް ކުރަމުންދާ ކަމަށެވެ. އަދި މި ދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން އެކި ރަށްރަށުގެ ރައްޔިތުންނަށް ލިބެމުން އަންނަ ގެއްލުންތަކާއި ހިތާމައިގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޢާއިލާތަކުގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބައްލަވައި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލަސްނުކޮށް ފޯރުކޮށްދިނުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، ގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ، ހިފާގެންގުޅޭ ސާމާނު ހަލާކުވެފައިވާއިރު، ބައެއް އާއިލާތައް ރައްކާތެރި ތަންތަނަށް ބަދަލުކުރަން ވެސް ވަނީ ޖެހިފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓް) ވެސް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
މިފަދަ ހާލަތްތަކުގައި ސިފައިންނާއި ފުލުހުން އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން ގެއްލުން ލިބޭ ސަރަޙައްދުތަކުގައި ފެންހިއްކުމާއި، ވެލިބަސްތާ ޖެހުން ފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫސުމީ އައު ރާޑަރާއި މެޓް އޮފީސް އެޅުމުގެ މަސައްކަތް ފަށަނީ
4 ގަޑިއިރު ކުރިން

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
4 ގަޑިއިރު ކުރިން

ދިޔަވަމުންދިޔަ ލޯންޗަކަށް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފި
4 ގަޑިއިރު ކުރިން

ހުޅުދޫ ޑަބްލިއުޑީސީ ބައި-އިލެކްޝަން ކެމްޕޭނަށް ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފި
4 ގަޑިއިރު ކުރިން


