logo

ސާމާނު ލިބުމުން ރަސްމީ ފާލަމުގެ މަސައްކަތް އަަވަސްވާނެ: އެމްޓީސީސީ

profile

އާމިނަތު ޝަފާ - 28 ސެޕްޓެމްބަރު 2024 - 15:10

ރަސްމީ ފާލަން

ރަސްމީ ފާލަން

ސާމާނު ލިބުމުން ރަސްމީ ފާލަމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިކަމާ ގުޅިގެން އަސްލު ޓީވީއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު ކުރިއަށްދަނީ ކޮންކްރީޓް ބީމްގެ މަސައްކަތްތައް ކަމަށާއި ސްޓްރަކްޗާ ޑަބްލިއުޕީސީ ޕައިޕްތަކާއި ފިލާގެ ބައެއް ތަކެތި ލިބޭނީ އަންނަ މަހުކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ތަކެތި ގެނައުމުގެ ޕްރޮކިއުމަންޓް ޕްރޮސެސް ނިމިފައިވާއިރު ތަކެތި ލިބުމުން މަސައްކަތް ބާރުމިނުގައި ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މަސައްކަތް މަޑުޖެހިފައި އޮތީ މަސައްކަތަށް ބޭނުންވާ ސާމާނު ނުލިބުމުންކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދަނީ 11.7 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.

މާލެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަމަކީ ރާއްޖޭގެ ވެރިރަށުގެ މޫނުމަތީގައި އޮތް ފާލަމެވެ. އެތަނުގެ މަރާމާތަށް މިހާރު އޮތީ ބަންދު ވެސް ކޮށްފައެވެ.

އެމްޓީސީސީން ފާލަމުގެ މަރާމާތުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ރިޔާ ދޯންޏެއް ސިފަކޮށްދޭ ގޮތަށް އިއްޒުއްދީން ފާލަން ބަދަލުކުރީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް 2015 ގައި ފާހަގަކުރުމާ ދިމާކޮށެވެ. އެ ޑިޒައިނަކީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ޑިޒައިނަަކަށް އެމްޓީސީސީން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

މި ފާލަމުގެ ބޮޑު މަރާމާތެއް އެންމެ ފަހުން ކުރީ 2017 ގައެވެ.

https://wamco.com.mv/
tel:+9607331319