logo

މާލޭ ސަރަހައްދުގައި އާރުޓީއެލް ބަސް ދަތުރުތައް ފަތިހު 5 ގައި ފަށަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 05 ސެޕްޓެމްބަރު 2024 - 22:15

އެމްޓީސީސީން މާލޭގައި ހިދުމަތް ދެމުން ގެންދާ މިނީ ބަސް

އެމްޓީސީސީން މާލޭގައި ހިދުމަތް ދެމުން ގެންދާ މިނީ ބަސް

މާލެ ސަރަހައްދުގައި އެމްޓީސީސީން އޮޕަރޭޓް ކުރާ އާރުޓީއެލް ބަހުގެ ހިދުމަތް ފަތިހު 5 ޖަހާއިރު ފަށަން ނިންމައިފި އެވެ.

އާރުޓީއެލް ބަސްތަކުގެ ދަތުރުތައް މީގެކުރިން ފަށަނީ ކޮންމެ ދުވަހެއްގެ ހެނދުނު 6 ގަ އެވެ.

އެކަމަކު، ކަސްޓަމަރުންގެ ފަރާތުން ލިބިފައިވާ ހިޔާލުތަކަށް ރިއާޔާތް ކުރުމަށްފަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދުގެ އިރުޝާދާ އެއްގޮތަށް ބަސް ދަތުރުތައް ފަށާ ގަޑި އަވަސްކޮށްފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ބަހުގެ ހިދުމަތުގައި ހިމެނޭ އާރު1، އާރު2، އާރު6، އާރު7، އާރު8، އާރު10، އާރު11 އަދި އާރު 12 ރޫޓުތަކުގެ ދަތުރުތައް ފަށާނީ ފަތިހު 5 ޖަހާއިރު އެވެ

މި ބަދަލުގެ ސަބަބުން ވަރަށް ހެނދުނާ ޑިއުޓީއަށް ދާ މުވައްޒަފުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
tel:+9607331319