logo

ލަކުޑި ފެރީތައް އޮޕަރޭޓް ކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

profile

ޒިދާން މުޙައްމަދު - 08 އޮކްޓޯބަރު 2024 - 12:15

އެއްރަށުން އަނެއްރަށަށް މީހުން ފަސޭހަކަމާއެކު ދަތުރުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ލަކުޑި ފެރީތައް އޮޕަރޭޓް ކުރުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ލަކުޑި ފެރީތަކުން މުދާ ގެންދިއުމުގައި ހުރި ދަތިތަކާއި މިފެރީތައް އޮޕަރޭޓް ކުރުމުގައި ހަރުދަނާ ކުރުމަށް ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. ޓް

ރާސްންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާއި އެލްޖީއޭ އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެން މިބައްދަލުވުމުގައި، ލަކުޑި ފެރީތަކުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

ލަކުޑި ފެރީތައް ބޭނުންކޮށްގެން ދޭ ޚިދުމަތްތަކަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަރަށް މުހިންމު ޚިދުމަތެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ. އަދި މިބައްދަލުވުމުގައި ފާހަގަކުރި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާއެކު އެމިނިސްޓްރީން މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319