logo

އައު ސެކިއުރިޓީ ފީޗަރތަކާއެކު ޑޮމެއިންގެ ޚިދުމަތް އާދިއްތަ ދުވަހު

profile

އައިޝަތު އިނާޝާ - 15 ނޮވެމްބަރު 2024 - 16:15

ޓްރާންސްޕޯޓް މިނިސްޓަރ އަމީން

ޓްރާންސްޕޯޓް މިނިސްޓަރ އަމީން

އައު ސެކިއުރިޓީ ފީޗަރތަކާއެކު ޑޮމެއިންގެ ޚިދުމަތް އާދިއްތަ ދުވަހު އަލުން ފެށުމަށް ޓްރާންޕޯޓް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

ޑޮމެއިން ޚިދުމަތުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ގޮތުން އައު ސެކިއުރިޓީ ފީޗަރތަކާއެކު ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ތައާރަފްކުރުމަށް ޓްރާންޕޯޓް މިނިސްޓްރީން ނިންމާފައިވާއިރު، އެމިނިސްޓްރީން ބުނިގޮތުގައި އައު ނިޒާމުގެ ދަށުން، 17 ނޮވެމްބަރު 2024 އިން ފެށިގެން 60 ދުވަހުގެ ތެރޭގައި ކުރިން ދޫކޮށްފައިވާ ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ނުވަތަ ފައިސާ ދެއްކި ކަމުގެ ރަސީދު މިނިސްޓްރީއަށް ހުށަހަޅައިގެން އަލަށް ތައާރަފްކުރާ ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދައަށް ބަދަލުކުރެވޭނެއެވެ. އަދި އަލަށް ތައާރަފްކުރާ ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅާ ލިޔުންތައް ބަލައިގަތްކަމުގެ ލިޔުމެއް ދޫކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޑޮމެއިންގެ ޚިދުމަތައް އެދި ލިޔެކިޔުންތައް ހުށަހެޅުމަށް ދެ ގޮތެއް ވަނީ ހަމަޖެހިފައެވެ. އެއީ ޑޮމެއިންގެ ޚިދުމަތައް ޙާއްސަކޮށްފައިވާ އީމެއިލްއަށް މެއިލްކުރުން ނުވަތަ ޑޮމެއިންގެ މަސައްކަތަށް މިނިސްޓްރީއިން ޚާއްސަކޮށްފައިވާ ކައުންޓަރަށް ހުށަހެޅުމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް މިނިސްޓްރީގެ ގްރައުންޑް ފްލޯގައެވެ.

60 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު މިނިސްޓްރީއިން ޑޮމެއިންގެ ގޮތުގައި ބަލައިގަންނާނީ އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދުގެ ޖަދުވަލް 1 ގައި ބަޔާންކޮށްފައިވާ ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އެކަނި ކަމަށް ޓްރާންޕޯޓް މިނންޓްރީން ބުނެއެވެ.

https://int.etukuri.mv/
tel:+9607331319