logo

ކުޅިވަރު ކުރިއެރުވުމަށް 255 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވޭ

profile

އައިޝަތު އިނާޝާ - 18 އޮކްޓޯބަރު 2024 - 11:30

މޯލްޑިވިސް ސްޕޯޓްސް އެވޯޑް 2024 - ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިސް ސްޕޯޓްސް އެވޯޑް 2024 - ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށްކުޅިވަރު ކުރިއެރުވުމަށް 255 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މޯލްޑިވިސް ސްޕޯޓްސް އެވޯޑް 2024 ގައި ވާހަކަފުޅުދައްކަމުންމިނިސްޓަރު ރާފިއު ވިދާޅުވީ މިސަރުކާރުން ކުޅިވަރުގެ ދާއިރާއަށް ދޭ އަހައްމިއްޔަތު ވޭތުވެދިޔަ އެއް އަހަރު ދުވަހަށް ބަލައިލިޔަސް ފެންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ސަރުކާރުން ކުޅިވަރަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް 255 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަ ކުރަށްވާ މިނިސްޓަރު ވިދާޅުވީ މިއީ ސަރުކާރެއްގެ ފުރަތަމަ އަހަރަށް ބަލާއިރު ބޮޑު ހޭދައެއް ކަމަށެވެ.

ކުޅިވަރުގެ ކުރިމަގަށް މި ސަރުކާރުން މުހިންމު އިސް ކަމެއް ދީގެން އެންމެ ފުރަތަމަ ކުރެވުނު ކަމަކީ ކުޅިވަރުގެ ދިގު ރާސްތާގެ ޕްލޭނެއް އެކުލަވާލުން. މި ޕްލޭނުގައި ހިމެނެނީ ސާކް ސަރަހައްދުން ބޭރުން މެޑަލް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ކުރަންޖެހޭ މަސައްކަތާއެކު އެކީގައި ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގާނެ ގޮތުގެ ތަފްސީލް. މިކަންވަނީ އަޅުގަނޑުމެންނަށް ފެށިފައި. އޭޝިއަންސް ގޭމްސް ނުވަތަ އޮލިމްޕިކްސްގެ ޕޯޑިއަމުން އަޅުގަނޑުމެންގެ އެތްލީޓުން ފެނުން އަޅުގަނޑުމެން މިދެކެނީ ވަރަށް ބޮޑު ހުވަފެނެއްގެ ގޮތުގައި. މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަރުހަލާއަށް ދަތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެ ގޮތުގެ ޕްލޭނެއް މިހާރު ވަނީ އެކުލަވާލައިފައި ކަމަށެވެ. އަދި އެކަން ކުރެވޭނެ ފަހި ދޮރެއްވެސް މިހާރު ހުޅުވިފައި ވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ސާކް ސަރަހައްދުގެ ކޮލިފައިންގެ އެއްވަނަ ހޯދާ އޮލިމްޕިކްސްއަށް ކޮލިފައިވި ދުވަހަކީ ރާޢްޖޭގެ ކުޅިވަރުގައި ރަން އަކުރުން ފަވާލެވުނު ދުވަހެއް ކަމަށެވެ. މީގެ އިތުރުން 2026 ގައި ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި ކުޅިވަރުގެ ޝަރަފު ސާފިންއިން ވަނީ ހޯދައިފައި ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

މޮޅެތި އެތުލީޓުން އުފެއްދުމަށް ބޭނުންވާ ދިގުރާސްތާ ޕްލޭންގައި ހިމެނޭ ނެޝެނަލް ސްޕޯޓްސް ޑިވެލޮޕްމެންޓް ފަންޑްގެ މަސައްކަތް މިހާރު ފަށައިފައިވާ ކަން ފާހަގަކުރަށްވާ މިނިސްޓަރު ވިދާޅުވީ ގައުމީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕްރެޒިޑެންޝަލް ނެޝެނަލް ފިޓްނެސް ޕްރޮގްރާމް ފެށުމާގުޅޭ މަޝްވަރާތައްވެސް އެޑިއުކޭޝަން މިނިސްޓްރީއާއެކު މިހާރު ފަށައިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދީ ކުރިއަށް ދިއުމަށް ހިތްވަރު ދިނުމަކީ މި ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

އެގޮތުން ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ފަރުވާ ހޯދުމަށް ހުރި ދަތިތައް ފިލުވައިދިނުމުގެ ގޮތުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ޚާއްސަ އިންޝުއަރެންސް ސްކީމެއް ތާރަފުކުރުމަށް ސަރުކާރުން ނިންމާފައި ވާކަމަށާއި މި އިންޝުއަރެންސް ސްކީމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މިހާރު ފޮނުވާފައި ވާނެ ކަމަށްވެސް މިނިސްޓަރު ރާފިއު ވަނީ ވިދާޅުވިއެވެ.


https://wamco.com.mv/
tel:+9607331319