logo

މިމަހު އަލުން ޑޮމެއިންގެ ޚިދުމަތް ދޭން ފަށަނީ

profile

އައިޝަތު އިނާޝާ - 01 ނޮވެމްބަރު 2024 - 12:15

ފޮޓޯ: ސޯޝަލް މީޑިއާ

ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގައި ޑޮމެއިންގެ ޚިދުމަތް އަލުން ފެށުމަށް ނިންމައި މި ފެށުނު ނޮވެންބަރު މަހުގެ ތެރޭގައި ޑޮމެއިންގެ ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރީން ބުނެފިއެވެ.

ނިމިދިޔަ ސަރުކާރުގެ ފަހުކޮޅު، ޑޮމެއިންގެ ގިނަ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، ޑޮމެއިންގެ އެންމެހާ ޚިދުމަތްތައް ވަނީ ހުއްޓާލާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި މި ޚިދުމަތަކީ ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އަދި ބޮޑެތި ހޭދަތައް ވެސް ކޮށްފައިވާ ޚިދުމަތެއް ކަމަށެވެ.

މި ޚިދުމަތް އަލުން ނުފެށި ލަސްވެގެން ގޮސްފައިވަނީ ވޭތުވެދިޔަ ތަނުގައި ޑޮމެއިންގެ ރެކޯޑްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައި ނެތުމުގެ ސަބަބުން ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ..

މިނިސްޓްރީގެ މައިގަނޑު އަމާޒަކީ، ޑޮމެއިން ޚިދުމަތް އަލުން ފެށުމާއެކު، ހަރުދަނާ މޮނިޓަރިންގ ނިޒާމަކާއި ފުރިހަމަ ޤަވާޢިދެއް ޤާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން" ޓްރާންސްޕޯޓް

މިނިސްޓްރީން ބުނިގޮތުގައި އަލުން ޚިދުމަތް ފެށުމާއެކު، ޑޮމެއިންގެ ޚިދުމަތަށް ދޫކުރާ އެންމެހައި ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާޒްތައް ހިމެނޭ ލިޔެކިޔުންތަކަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި މިމަސައްކަތް ކުރާނީ އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް ނާންނާނެ ގޮތަކަށް ކަމަށެވެ.

https://wamco.com.mv/
tel:+9607331319