logo

ކޫއްޑޫއަށް މޯލްޑިވިއަންގެ ދަތުރުތައް ހުއްޓާލީ އެއާޕޯޓު ބާވުމުން؛ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 12 އޮކްޓޯބަރު 2024 - 18:48

ކޫއްޑޫ އެއާޕޯޓު (ފޮޓޯ/ ސަން. އޮންލައިން)

ކޫއްޑޫ އެއާޕޯޓު (ފޮޓޯ/ ސަން. އޮންލައިން)

ގއ. ކޫއްޑޫ އެއާޕޯޓަށް ގައުމީ އެއާލައިންގެ ދަތުރުތައް ހުއްޓާލީ އެ އެއާޕޯޓު ބާވުމުން ކަމަށާއި، މިހާރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ކޫއްޑޫ އެއާޕޯޓު ދިގު މުއްދަތަކަށް މެއިންޓެއިން ނުކުރެވި އަދި ރަންވޭ ބާވުމުގެ ސަބަބުން މޯލްޑިވިއަންގެ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ. އެ އެއާޕޯޓަށް ދަތުރުތައް ހުއްޓާލި ސަބަބުތަކުގެ ތެރޭގައި، އެ ހާލަތުގައި ދަތުރު ކުރާނަމަ ފަސިންޖަރުންގެ ސަލާމަތަށް ނުރައްކާވުން ވެސް ހިމެނެ އެވެ.

މިކަމާ ގުޅިގެން މިއަދު މިނިސްޓަރު އަމީން ވިދާޅުވީ، އެ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ހުއްޓާލީ އެ އެއާލައިންގެ ދެ ބޯޓަކަށް ވެސް ގެއްލުން ވުމާ ގުޅިގެން ކަމަށެވެ. އެހެންކަމުން، މިނިސްޓްރީގެ އިސްނެގުމާއި އެކު ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓަރ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި " ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ހާލަތަށް ގެނެވޭނެ" އެވެ.

ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަރާމާތު ނުކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އެ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވީ 2012 ގައެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އެއާޕޯޓު ރީބްރޭންޑްކޮށް "ކޫއްޑޫ އެއާޕޯޓު މޯލްޑިވްސް" ގެ ނަމުގައި އަލުން ހުޅުވިއެވެ.


https://wamco.com.mv/
tel:+9607331319