logo

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަންނަ އަހަރުގެ މާޗް މަހު ފަށާނެ: މިނިސްޓަރ އަމީން

profile

މަރްޔަމް ލީމް އަބޫބަކުރު - 28 ނޮވެމްބަރު 2024 - 15:05

ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.

ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަންނަ އަހަރުގެ މާޗް މަހު ފަށާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މި ހިދުމަތް ކުރިޔަށްގެންދާނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުރިހާ މިންގަނޑަކަށް ފެތޭ ގޮތަށް ކަމަށެވެ.

އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމާއި، ނޭޝަނަލް އިމަޖެންސީ ސާވިސްގެ ހިދުމަތް ހަރުދަނާކުރުން ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓުކުރާ ކުންފުންޏަކާއެކު ސޮއިކުރާނެ ކަމަށް ވިދާޅުވެ، މި މަސައްކަތުގައި ބޭރުގެ 36 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވައި، ބަލިމީހުން އުފުލުމަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު އެ ގައުމުގެ މަދަނީ މީހުންގެ އެހީތެރިކަމާއެކު އޮޕަރޭޓް ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވަނީ، ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށްޓަކައި ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ވެސް އެއާ އެމްބިއުލާންސެއްގެ ގޮތުގައި ބޭނުންކުރަން މި އަހަރު ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށުމުގެ ބިރު އޮތް ކަމުގައިވިނަމަވެސް މި މަސައްކަތް އަލުން ފެށުމަށް އެނަލިސިން ހެދީ އިނގިރޭސިވިލާތުގެ ސީއޭގެ ރިކޮމަންޑޭޝަންތަކާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތަކީ އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ބަލިމީހުން އުފުލުމާއި، ރޭގަނޑު ޓޫރިސްޓުން އުފުލުމަށް ހުރި ދަތިތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ސަރުކާރުން ވަނީ މެދުވެރިވާ ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭނެ ބަޔަކު ހޯދަމަށް ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އިއުލާން ކުރައްވާފައެވެ.

ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ހުއްދަދޭނީ ރާއްޖޭގެ ތިމާވެށްޓާއި ގުދުރަތީވެށްޓަށް ގެއްލުން ނުލިބޭނެފަދަ ގޮތަކަށް ޚިދުމަތްދޭނެ ބަޔަކަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. ސަރުކާރުން ވިދާޅުވީ މިކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

https://wamco.com.mv/
tel:+9607331319