logo

މާލެ ސަރަހައްދަށް އެއްގަމު އުޅަނދު އިތުރުވަމުންދިޔަ މިންވަރު ބޮޑުތަނުން ދަށަަށް!

profile

ޝާމާ ޝުޢައިބު - 20 ނޮވެމްބަރު 2024 - 16:35

ނިމިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް، މާލޭ ސަރަޙައްދަށް ރަޖިސްޓަރީ ކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް 74.1 އިންސައްތަ ވަނީ  ދަށަށް ގޮސްފަ

ނިމިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް، މާލޭ ސަރަޙައްދަށް ރަޖިސްޓަރީ ކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް 74.1 އިންސައްތަ ވަނީ ދަށަށް ގޮސްފަ

މާލެ ސަރަހައްދަށް އެއްގަމު އުޅަނދު އިތުރުވަމުން ދިޔަ މިންވަރު ވަރަށް ބޮޑުތަނުން ދަށްވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތް ވެސް ފަށާފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މިމަސައްކަތުގެ މައިގަނޑު މަގްސަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން ބޭރުން ރަޖިސްޓަރީ ވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުން ކަމަށެވެ.

އެގޮތުން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ގެނެވުނު ބަދަލުގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު، ނިމިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް، މާލޭ ސަރަޙައްދަށް ރަޖިސްޓަރީ ކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް 74.1 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

އަދި ހަމައެހެންމެ، ދެފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތްވެސް 8.1 އިންސައްތަ މަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މާލެ ސަރަހައްދަށް އެއްގަމު އުޅަނދު އިތުރުވަމުން ދިޔަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު މި ފިޔަވަޅުތަކަކީ މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރެއެވެ.

https://int.etukuri.mv/
tel:+9607331319