logo

މާލެއާއި، ވިލިމާލޭގެ މަގުތައް ހެދުން: މަގުމަތީގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ނިންމާލައިފި

profile

ޝާމާ ޝުޢައިބު - 22 ނޮވެމްބަރު 2024 - 20:15

މާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައި

މާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައި

މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި މަގުމަތީގެ ހާލަތުގެ ދެނެގަތުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދުގެ ދަށުން، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން މުހިންމު ފަރާތްތަކާއެކު ސިލްސިލާކޮށް ބޭއްވި ބައްދަލުވުންތަކަށްފަހު، ޗައިނާ ސަރުކާރުން އެކުލަވާލި އެކްސްޕާޓް ޓީމުން މަގުމަތީގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މުއްދަތުގެ ތެރޭގައި އެ ޓީމުން ވަނީ މިނިސްޓްރީގެ ޓެކްނިކަލް ޓީމާއެކު މާލެ އާއި ވިލިމާލެ މަގުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކޮށްފައިވާއިރު މި މަޝްރޫޢުގެ މަޤްޞަދަކީ މަގުތަކުގެ ޙާލަތު ގޯސްވަމުންދާ މިންވަރަށް ނިމުމެއް ގެނަސް، ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށް ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ހޯދައިދިނުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ދެން އޮންނާނީ މިމަޝްރޫއުގެ ޑިޒައިނިން މަރުހަލާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިއްމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ "ލެޓާސް އޮފް އެކްސްޗޭންޖް" ގައި ސޮއިކުރީ މިއަހަރުގެ ޖުލައި މަހުގައެވެ.

މި މަޝްރޫއު އަކީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) ގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.


https://wamco.com.mv/
tel:+9607331319