logo

ދުވާފަރު ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: ވަޒީރު އާދަމް ޝަރީފް

profile

އާމިނަތު ޝަފާ - 12 ސެޕްޓެމްބަރު 2024 - 16:41

ދުވާފަރު ނެރު ސަރަހައްދު

ދުވާފަރު ނެރު ސަރަހައްދު

ދުވާފަރު ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެ ރަށުގެ ނެރުމައްޗަށް ވެލި އަރައި ތިލަވުމުގެ ސަބަބުން ދޯނިތައް ބީހުމުގެ ހާދިސާތައް އިތުރުވެ އަދި ނެރު ތިލަވުމުގެ ސަބަބުން ލަފާފުރަން ދަތިވެފައިވާކަމަށް އޮންލައިން މީޑިއާއެއްގައި ރައްޔިތުންނާ ހަވާލާދީ ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ ދުވާފަރު ނެރު ތިލަވުމުގެ ސަބަބުން ލަފާފުރަން ދަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އެމްޓީސީސީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމުގެ ޔަގީންކަން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހުދީ ރޭ ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުވާފަރަކީ މަސްވެރިކަމުގެ މަސައްކަތް ކުރާ ރަށަކަށް ވާތީއާއި އެ އަތޮޅުގައި އައިސް ޕްލާންޓްވެސް ހުންނަނީ އެރަށުގައިކަމުން ގިނަ އަދަދެއްގެ ދޯނިތައް އެރަށަށް ދަތުރުކުރެއެވެ.

https://int.etukuri.mv/
tel:+9607331319