logo

މުދައްރިއްސަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ދެއްކި މައްސަލައެއް ފެންމަތިވެއްޖެ

profile

ޒިދާން މުޙައްމަދު - 21 އޮކްޓޯބަރު 2024 - 19:15

ފުލުހުންގެ އިދާރާ - ޝަހީދު ހުސައިން އާދަމް ބިލްޑިންގ

ފުލުހުންގެ އިދާރާ - ޝަހީދު ހުސައިން އާދަމް ބިލްޑިންގ

މުދައްރިސަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ޓީޗަރަކު ސްކޫލެއްގައި ކިޔަވަމުންދިޔަ ދަރިވަރުންތަކެއްގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ދައްކައި، ގްރޫމް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގީ މ، ފ، ދ، ތ އަދި ލ. އަތޮޅުގައި ހިމެނޭ ރަށަކުންނެވެ. ކުޑަކުދިންތަކެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ އެއީ ކޮން ރަށެއް ކަމެއް ފުލުހުން ހާމަނުކުރެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އެ ސްކޫލުގެ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ހުށަޙަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

މީގެ ކުރިން ވެސް ކުޑަކުދިން ގްރޫމް ކުރުމުގެ މިފަދަ މައްސަލަތައް ފުލުހުން ބަލާފައިވެއެވެ.

https://wamco.com.mv/
tel:+9607331319