logo

ފުލުހުންގެ އާދޭސް: ކޭޝްކާޑާއި އޯޓީޕީގެ މައުލޫމާތު މީހުންނަށް ނުދީ

profile

ޒިދާން މުޙައްމަދު - 11 އޮކްޓޯބަރު 2024 - 20:00

ކޭޝްކާޑާއި އޯޓީޕީ ފަދަ މުހިއްމު އެއްވެސް މައުލޫމާތެއް ގޮތް ނެނގޭ މީހުންނަށް ނުދިނުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުން މިކަަމަށް އިލްތިމާސް ކޮށްފައިވަނީ މާލޭގެ އުތުރު ފަރާތުން މާރުކޭޓު ސަރަހައްދުގައިި އާއްމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

މިޕޮރްގުރާމުގައި ތަފާތު އެކި ކަހަލަ ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައިވެއެވެ.
އެގޮތުން މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތާއި އޮންލައިންކޮށް ކުރާ ވިޔަފާރިތަކުގައި ސަމާލުވާންޖެހޭ ކަންކަން ކިޔައިދިިނެވެ

މީގެއިތުރުން އޮޑިދޯނިފަހަރާއި ފިހާރަތައް އަދި މާރުކޭޓު ގޮޅިތަކުން ވައްކަންކުރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ފިހާރަ ބަންދުކޮށްފައި ދާއިރު މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސަމާލުކަން ދޭންވީ ކަންކަންވެސް ބުނެދީފައިވެއެވެ. އަދި މީހުންދޭ ގޮތްނޭގޭ އެއްޗެހިީގައި ނުހިފުމަށްވެސް ފުލުހުން ނަސޭހަތް ތެރިވެފައިވެއެވެ.

މި ޕޮރްގްރާމުގައި އެމެޖެންސީ ހާލަތްތަކުގައި ގުޅާނެ ނަންބަރުތަކާއި މައުލޫމާތު ހިމެނޭ ލީފްލެޓްތަކެއްވެސް ބަހާފައިވެއެވެ.
ކޭޝްކާޑައި އޯޓީޕީ ފަދަ މުހިއްމު އެއްވެސް މައުލޫމާތެއް ގޮތް ނެނގޭ މީހުންނަށް ނުދިނުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސް ކުރާއިރު ބައެއް މީހުން އެގޮތަށް އަމަލުނުކުރާތީ މާލީ ބޮޑެތި ގެއްލުންތައް ބައެއް މީހުންނަށް ލިބިފައިވެއެވެ.

https://wamco.com.mv/
tel:+9607331319