logo

ފޭކް ރިޕޯޓެއް ދައުރުކުރާތީ ޠައްޔިބު ޝަހީމާ ފުލުހުން ސުވާކޮށްފި

profile

ޒިދާން މުޙައްމަދު - 26 ސެޕްޓެމްބަރު 2024 - 14:30

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގު ރިޕޯޓެއް ކަމަށް ބުނެ އުފައްދާފައިވާ ސައްހަ ނޫން ރިޕޯޓެއް ސޯޝަލް މީޑިއާގައި ދައުރުކުރާތީ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބް ޝަހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިމައްސަލާގައި އޭނާގެ ފޯނާއި އިލެކްޓްރިކް ބައެއް ޑިވައިސްތައް ހިފަހައްޓާފައެވެ. އެތަކެތި ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި މިމައްސަލާގައި ސުވާލުކުރުމަށް ޠައްޔިބް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

މިމައްސަލާގައި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައިވަނީ އެ ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާ އާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުން ކުރާ ހެޑާ ދިމާނުވާ ކަމަށެވެ.

އޭގެ އިތުރުން އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ނަމުގައި ބޭނުން ކޮށްފައިވަނީ ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ސޮއި ކަމަށާއި އެ ސޮއި ބޭނުންކުރީ ފޯޖް ކޮށްގެން ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުން ކުރާ ފޯމެޓް ކޮޕީ ކޮށްގެންނާއި ބައެއް އިސްވެރިންގެ ސޮއި ފޯޖްކޮށްގެން ސައްހަ ނޫން ރިޕޯޓު ދައުރުކުރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އޭސީސީގެ ނަމުގައި ސައްހަ ނޫން ތަހުގީގު ރިޕޯޓެއް ދައުރު ކުރާ މައްސަލައެއް ވެސް އެ ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެފަދަ ކަންކަމުން ބައިވެރިނުވާން އެދޭ ކަމަށް ފުލުހުން ބުންޏެވެ.

https://wamco.com.mv/
tel:+9607331319