logo

ރައީސް އަވަހާރަ ކޮށްލާނެކަމަށް އިންޒާރު ދިން މިޔާދުގެ ބަންދަށް 15 ދުވަސް

profile

ޒިދާން މުޙައްމަދު - 10 އޮކްޓޯބަރު 2024 - 11:23

ރައީސަށް އިންޒާރު ދިން މައްސަލައިގަ ހައްޔަރުކުރި މީހާ

ރައީސަށް އިންޒާރު ދިން މައްސަލައިގަ ހައްޔަރުކުރި މީހާ

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ރައީސާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނާއި އެހެން މީހުންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ، އަދި އެ ނޫން ގޮތްގޮތުން ވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދެމުންދާ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ސަންސަންގެއާގެ، އަބްދުﷲ މިޔާދުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ ރާއްޖޭން ބޭރުގައި ހުރުމަށްފަހު މާލެ އައުމުންނެވެ.

ފުލުހުން މީޑިއާތަކަށް ފޮނު މެސެއްގައި ބުނީ، އޭނާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓުތަކަކުން ރައީސްގެ އިތުރުން ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

އެހެން މީހުންނަށް ނިސްބަތްކޮށްވެސް މަރާލާނެ ކަމަށާއި އެ ނޫން ގޮތް ގޮތުންވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދީ ހަޑިހުތުރުބަހުން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ ކަމަށާއި، އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ ގޮތަށް ވެސް އެމީހާ ޕޯސްޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލަތަކުގައި އޭނާ ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި ރާއްޖެއިން ބޭރުގައި ހުރުމަށްފަހު 7 އޮކްޓޫބަރުވަނަ ދުވަހުގެރޭގެ ވަގުތެއްގައި ރާއްޖެ އައުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި މިމައްސަލަ ބަލައި، ރަނގަޅު ތަހުގީގެއް ހިންގުމަށް ކަމާބެހޭ ފަރާތަތަކަށް ގިނަ ސިޔާސީ ޕާޓީތަކަކުން ވެސް ވަނީ ގޮވާލާފައެވެ. އޭގެތެރޭގައި ވެރިކަން ކުރާ ޕީއެންސީ، އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީވެސް ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319