logo

ރިޔާސީ ވައުދާ އެއްގޮތަށް ތެލެސީމިއާ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

profile

ޒިދާން މުޙައްމަދު - 16 އޮކްޓޯބަރު 2024 - 10:45

ނައިބު ރައީސް ހުސައިން، ކުރިއަށް އޮތް 10 އަހަރުގެ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަޕްލޭން ރޭ އިފްތިތާހު ކޮށްދެއްވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ

ނައިބު ރައީސް ހުސައިން، ކުރިއަށް އޮތް 10 އަހަރުގެ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަޕްލޭން ރޭ އިފްތިތާހު ކޮށްދެއްވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ

ތެލެސީމިއާގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހުޅުމާލޭ އުތުރުގައި، މި ހޮސްޕިޓަލް އަޅަން ހަވާލުކުރީ އަންގާރަ ދުވަހުގެ ރޭ އޮތް ރަސްމިއްޔާތެއްގައެވެ.

ކުރިއަށް އޮތް 10 އަހަރަށް އެކުލަވައިލި "ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަޕްލޭން" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކުރީ މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާއެވެ.

އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް ސޮއިކުރެއްވިއިރު، ޗިން ހިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ގުރޫޕް ސީއީއޯ ރޮޖާ ލިންއެވެ.

މިމަޝްރޫއުގެ ބަޖެޓް ހަމަޖައްސާފައިވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިން ކުންފުނިންނެވެ.

އިފްތިތާހީ ޖަލްސާގައި ވަނީ ތެލެސީމިއާ ސެންޓަރުގެ ކުރެހުން އެކުލެވޭ އެނިމޭޝަން ވީޑިއޯއެއް ދައްކާލައިފައެވެ. ތިން ބުރީގެ ހޮސްޕިޓަލުގައި އެންމެ ތިރީގައި ގާއިމުކޮށްފައި ހުންނާނީ އިމަޖެންސީ ރޫމާއި ކެންޓީނެއްގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސަަރަހައްދެކެވެ.

ހޮސްޕިޓަލްގައި ލެބޯޓަރީ އާއި ބްލަޑް ޓްރާންސްފިއުޝަން ޔުނިޓަކާއި ބްލަޑް އަދި އޯގަން ޓްރާންސްޕްލާންޓް ޔުނިޓެއްގެ ގޮތުން ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއް ހުންނާނެއެވެ.

ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

https://int.etukuri.mv/
tel:+9607331319