logo

ތަސްލީމް ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފި

profile

ޒިދާން މުޙައްމަދު - 06 އޮކްޓޯބަރު 2024 - 13:30

މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު

މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު

މާލެ އަތޮޅު ހުވަފެންފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ތަސްލީމް ގެއްލުނު މައްސަލައިގެ ޔެލޯ ނޯޓިސް މިދިޔަ މަހުގެ 12 ވަނަ ދުވަހު އިންޓަޕޯލް އިން އާންމުކޮށްފައިވާ ކަމަށެވެ.

އިންޓަޕޯލް މެދުވެރިކޮށް އާންމުކުރާ ނޯޓިސްތަކަކީ އިންޓަޕޯލް މެންބަރު ހުރިހާ ގައުމަކަށްވެސް ފެންނަ ގޮތަށް އާންމުކުރާ ނޯޓިސްއެކެވެ.

މިގޮތަށް ޝާއިއުކުރާ ކޮންމެ ނޯޓިސްއަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓްގައި އާންމުުކުރާ ނޯޓިސްއެއް ނޫން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ތަސްލީމް ގެއްލުނު މައްސަލައިގައި ފުލުހުން ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ.

މާލެ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ ތަސްލީމް ހިމެނޭހެން 15 މީހުންގެ ގުރޫޕެއް ދަތުރު ދިޔައީ އޮގަސްޓް 30 ވަނަ ދުވަހުއެވެ.

ތަސްލީމް ގެއްލުނު މައްސަލައިގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

https://int.etukuri.mv/
tel:+9607331319