logo

މިނިވަންދުވަހާ ގުޅިގެން އައްޑޫސިޓީގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް

profile

އައިޝަތު އިނާޝާ - 26 ޖުލައި 2024 - 16:14

ފޮޓޯ އެމްއެންޑީއެފް

ފޮޓޯ އެމްއެންޑީއެފް

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 59 އަހަރު ފުރޭ، 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީ ހިތަދޫގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:00 ގައި ހިތަދޫ ސިޓީ ސްކެއަރގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރުއެވެ.

މި ރަސްމިޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސާޖަންޓް މޭޖަރ، ސާޖަންޓް މޭޖަރ މުހައްމަދު އަޙްމަދުގެ އިތުރުން އެ ކޮމާންޑްގެ ސްޓާފް އޮފިސަރުންނާއި، އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީގައި ހުރި ދަޢުލަތުގެ އެކި މުޢައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިދަބިސީގެ ކޮމާންޑަރަކަށް ހުންނެވީ މޭޖަރ ޢަބްދުﷲ ނަސީމެވެ.

tel:+9607331319