logo

މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

profile

ޒިދާން މުޙައްމަދު - 23 އޯގަސްޓު 2024 - 23:52

މ. ކަންދަރުގައި އަލިފާނުގެ ހާދިސާއެއްގައި ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

މ. ކަންދަރުގައި އަލިފާނުގެ ހާދިސާއެއްގައި ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

ކަރަންޓް ޑީ - ބޯޑެއްގައި ރޯވެގެން މާލޭގެ މާފަންނު އަވަށުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސިފައިންގެ އިންފޮމޭޝަން އޮފިސަރު މިރޭ "އަސްލަށް" ވިދާޅުވީ، މ. ކަންދަރު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން މިރޭ ހަރަކާތްތެރިވެފައިވާ ކަަމަށެވެ.

މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ މިރޭ 9:59 ގައި ކަމަށްވެސް ސިފައިންގެ އޮފިސަރ ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

މިރޭ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު އިއްޔެ ތިލަފުށީގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. މި ހާދިސާގައި އެކަކު ފިހިގެން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެއެވެ.

އެވަރެޖްކޮށް މާލޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އަލިފާނުގެ ތިން ހާދިސާ ރިޕޯޓުކުރެއެވެ.

މިފަދަ ހާދިސާތަކަށް އިތުރަށް ސަމާލުވުމަށް ސިފައިން އިލްތިމާސްކުރެއެވެ.

tel:+9607331319